ފޮޓޯ: ރައީސް އޮފީސް
6 ފެބުރުވަރީ 2025
0
އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން ކަށަވަރުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރީއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުއްވައިދެއްވައި ދެއްވެވި ރިޔާސީ ބަޔާނުގައެވެ.
އެގޮތުން ރައީސް ވިދާޅުވި އާސަންދައިން ނާޖާއިޒު ގޮތުގައި ބަޔަކު ފައިދާ ނަގަމުން ދިޔަކަން ސަރުކާރަށް ޔަގީންވެފައި ވާކަމަށެވެ. އެހެންކަމުން އާސަންދައިގެ ނިޒާމު އިތުރަށް ވަރުގަދަކުރުމަށްޓަކައި ފާއިތުވި އަހަރު ބޭހުގެ ބަލްކް ޕްރޮކިއުމަންޓްގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް ގެންނަން ފަށައި، ބޭހުގެ ޒަމާންވީ ނަހަމަ ވިޔަފާރި ހުއްޓުވުމަށްޓަކައި 250 ބޭހެއްގެ އަގު ކޮންޓްރޯލް ކޮށްފައި ވާކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް މި ބަދަލުތަކާއެކު ބައެއް ފަރާތްތަކުން ކަންތައްކުރަންފެށި ގޮތުން ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާނއ ފެށިކަން ރައީސް ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް ރައީސް ވިދާޅުވީ އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގެންނަކަމަށާއި މިއަހަރުގެ ތެރޭގައި އިތުރު ފިޔަވަޅުތަކެއް އާޅައި އިތުރަށް ވަރުގަދަކުރައްވާނެ ކަމަށެވެ.
އަދި އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން ކަށަވަރުކުރައްވާނެ ކަމަށާއި ސަރުކާރުން އަަބަދުވެސް އިސްކުރާނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި، އެންމެ އިންސާފުވެރި ގޮތް ކަމަށް ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި އެވެ.
އެގޮތުން ރައީސް ވިދާޅުވީ އެސްޓީއޯގެ ބޭސްފިހާރަތަކުން ފޯރުކޮށްދޭ ބޭހުގެ ނިސްބަތް އިތުރުކޮށް އިތުރު ހަރަދެއް، އިތުރު ދަތުރެއް ކުރަން ނުޖެހި، ފެންވަރު ރަނގަޅު ބޭސް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޓަކައި މުހިންމު ހިދުމަތްތަކެއް މިއަހަރު ތައާރަފްކުރާނެ ކަމަށެވެ.
0%
0%
0%
0%
0%
18 ފެބުރުވަރީ 2025
0
17 ފެބުރުވަރީ 2025
0
16 ފެބުރުވަރީ 2025
0
14 ފެބުރުވަރީ 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0