ފޮޓޯ: ރާއްޖެ އެމްވީ
16 ފެބުރުވަރީ 2025
0
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާއި ބެހޭ ކޮމިޓީން ހުޅުވާލައިފި އެވެ.
އެގޮތުން އިނާމަށް ނަން ހުށަހެޅޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށް ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.
އިނާމަށް ނަން ހުށަހެޅުން ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން 2025 މާރިޗު 18 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00 އަށެވެ.
މިބއިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހްލާސްތެރިކަމާއެކުގައި ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ.
މި އިނާމުގެ ގޮތުގައި ރައީސް ދެއްވަނީ އައްޑަނައަކާއި، ޝަރަފުގެ ބެޖެއްގެ އިތުރުން ހަނދާނީ ލިޔުމެކެވެ.
މި އިނާމު ދެނީ ދައުލަތުގެ މުއައްސަސާއެއް ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ހިދުމަތްކުރި އަދި ހިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ.
އިނާމަށް ހުށަހަޅާއިރު ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް ކަމާބެހޭ ހުރިހާ ލިޔުންތަކާއެކުގައި އިނާމަށްއެދޭ ފޯމު ހުށަހެޅުއްވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ގައުމީ އިނާމާއި ބެހޭ ކޮމިޓީން އެދިފައި ވެއެވެ. އަދި ބޭނުންވާ ރެކޯޑުތައް ހޯއްދުމުގެ މަސައްކަތް ދުރާލާ ކުރިއަށް ގެންދިޔުމަށާއި، އެންމެފަހު ވަގުތާޖެހެންދެން މަޑުނުކުރުމަށްވޭސް އިނާމާބެހޭ ކޮމިޓީން އެދިފައި ވެއެވެ.
0%
0%
0%
0%
0%
18 ފެބުރުވަރީ 2025
0
17 ފެބުރުވަރީ 2025
0
14 ފެބުރުވަރީ 2025
0
13 ފެބުރުވަރީ 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0