22 އެޕްރީލު 2024
0
މައްޗަންގޮޅީ އުތުރު ދާއިރާގެ ގޮނޑި އިބްރާހިމް މުޙައްމަދު (އިއްބެ ޖަނާބު) ކާމިޔާބުކޮށްފިއެވެ. އެ ދާއިރާގެ ގޮނޑި އިބްރާހިމް މުޙައްމަދު ކާމިޔާބު ކޮށްފައިވާ, މިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ފާރިޝް މައުމޫނާއި ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވި ޢަމްރު އާއި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި އައްސަދު ޝަރީފާއި އެމް.ޑީ.ޕީގެ ކެނޑިޑޭޓް ލިރުޤަމް ވަޙީދާއި ވާދަކޮށް ބޮޑު ތަފާތަކުންނެވެ.
އިބްރާހިމް މުޙައްމަދު (އިއްބެ ޖަނާބު)އަކީ 19 ވަނަ މަޖިލިސް އިންތިޚާބުގައި ރައީސް ނަޝީދާއި ވާދަކޮށް ކުޑަ ތަފާތަކުން ނާކާމިޔާބުވި ފަރާތެވެ. އެހެން ނަމަވެސް މުޅިން އަލަށް އެ އިންތިޚާބުގައި ވާދަކޮށް ރައީސް ނަޝިދަށާއި އޭރު އޮތް ސަރުކާރަށް ވަރަށް ބޮޑު ހައިރާންކަމެއް ގެނުވި ނަތީޖާ އެއް ނެރިފައިވެއެވެ.
އިބްރާހިމް މުޙައްމަދަކީ ވޭތުވެދިޔަ ފަސް އަހަރު ދުވަހު އެމް.ޑީ.ޕީ ސަރުކާރު ޖަވާބުދާރީ ކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ފަރާތެކެވެ. ޚާއްސަކޮށް މި ދިޔަ ސަރުކާރުން ފެނިގެންދިޔަ ލާދީނީ ކަންކަމާއި ދެކޮޅަށް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ފަރާތެކެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ހަރަކާތަކީ 30 ވުރެއް ގިނަ މަދަނީ ޖަމިއްޔާތަކެއްގެ މައްޗަށް އުފެއްދެވި "ރައްޔިތުންގެ އިއްތިހާދު" ގެ ނަމުގައި އުފެއްދެވި އިއްތިހާދެވެ. އެ އިއްތިހާދުގެ ރައީސެއްގެ ގޮތުގައި ހުންނެވީ މިއަދު މައްޗަންގޮޅީ އުތުރު ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންނެވި އިބްރާހިމް މުޙައްމަދެވެ. އަދި އެ އިއްތިހާދުން 60 ވުރެއް ގިނަ ހަރަކާތް ހިންގާފައިވާކަން ފާހަގަކޮށްލަމެވެ.
0%
0%
0%
0%
0%
18 ފެބުރުވަރީ 2025
0
17 ފެބުރުވަރީ 2025
0
16 ފެބުރުވަރީ 2025
0
14 ފެބުރުވަރީ 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

7 މޭ 2024
0