ފޮޓޯ - ސީއެންއެން
27 ސެޕްޓެންބަރު 2024
0
ކޮފީއާއި ކެފެއިން އަކީ ސިއްހަތަށް ފައިދާ ހުރި އެއްޗެއް ކަމުގައި ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ.
އެގޮތުން އެންޑޮކްރައިން ސޮސައިޓީގެ ޖާނަލް އޮފް ކްލިނިކަލް އެންޑޮކްރިނޮލޮޖީ އެންޑް މެޓަބޮލިޒަމްގައި ޝާއިއުކޮށްފައިވާ އާ ދިރާސާއަކުން ދައްކާ ގޮތުގައި ގަވާއިދުން އާދައިގެ މިންވަރަކަށް ކޮފީ އާއި ކެފެއިން ބޭނުންކުރުމަކީ ޓައިޕް 2 ހަކުރުބައްޔާއި ހިތުގެ ބަލީގެ އިތުރުން ސްޓްރޯކް ޖެހުމުން ވެސް ރައްކާތެރިކޮށްދެ އެވެ.
މިދިރާސާއިން ފާހަގަކުރާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އާބާދީތަކުގައި މީހުން އުމުރުން ދުވަސްވަމުންދާ ވަރަކަށް ކާޑިއޯމެޓަބޮލިކް ބަލިތައް ނުވަތަ ސީއެމް (ޓައިޕް 2 ހަކުރުބަލި، ހިތުގެ ބަލި، ސްޓްރޯކް) ޖެހި އާންމު ސިއްހަތުގެ ކަންބޮޑުވުން އިތުރުވަމުން ދެ އެވެ.
ދިރާސާވެރިން ބުނާ ގޮތުގައި ސީއެމް އުފެދުމުގެ ގާތްގަނޑަކަށް ހުރިހާ މަރުހަލާއެއްގައި ވެސް ކޮފީ އާއި ކެފެއިން ބޭނުންކުރުމަކީ ސީއެމް އިން މީހާ ރައްކާތެރިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.
އެގޮތުން ދުވާލަކު ތިން ތަށި ކޮފީ ނުވަތަ 200-300 މިލިގްރާމް ކެފެއިން ބޭނުންކުރުމަކީ ސީއެމް ނެތް ފަރާތްތަކަށް ވެސް ސީއެމް ޖެހުމުގެ ނުރައްކާ ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ދިރާސާގެ ލީޑް އޯތަރ ޗައޯފޫ ކޭ ވިދާޅުވެފައި ވެ އެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި ދުވާލަކު 100 އެމްޖީއަށް ވުރެ މަދު ކެފެއިން ބޭނުން ނުކުރާ މީހުން ކެފެއިން ބޭނުންކުރާ މީހުންނާ އަޅާބަލާއިރު އާދައިގެ މިންވަރަކަށް ކޮފީ (ދުވާލަކު 3 ބުއިން) ނުވަތަ ކެފެއިން (ދުވާލަކު 200-300 މިލިގްރާމް) ބޯ މީހުންގެ ރިސްކް %48.1 ނުވަތަ %40.7 ދަށްވެއެވެ.
ޗައޯފޫ ކޭ އިތުރަށް ވިދާޅުވީ ދުޅަހެޔޮ މީހުން ކެއުމުގައި ކޮންމެ ދުވަހަކު އާދައިގެ މިންވަރަކަށް ކޮފީ ނުވަތަ ކެފެއިން ބޭނުންކުރުމަކީ ސީއެމް އިން ރައްކާތެރިވުމަށް ދުރުރާސްތާ ފައިދާތަކެއް ލިބިދާނެ ކަމެކެވެ.
ގިނަ މީހުންނަށް ކޮފީއަކީ ފައިދާހުރި އެއްޗެއް ކަމުގައި ވީ ނަމަވެސް ބައެއް މީހުން ކޮފީ ބުއިމުގައި ސަމާލުވާން ވެސް ޖެހެ އެވެ. އޭގެ ތެރޭގައި މާބަނޑު އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0