ގޫގުލް
7 މޭ 2024
0
ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ބެބީ ވޯކަރ ނުވަތަ ތުއްތު ދަރިފުޅަށް އިށީންދެ އިނދެވޭ ގޮތަށް ފަރުމާކުރެވިފައިވާ ފުރޮޅުލީ ކޮއްޓަކީ ގިނަ މީހުން ދެކޭ ގޮތުގައި ދަރިފުޅަށް އަވަހަށް ހިނގާބިނގާވެ އުޅެން ދަސްކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. ނަމަވެސް އަދުގެ ދިރާސާތަކާއި ހޯދުންތަކުން ދައްކަނީ މުޅިން ތަފާތު ވާހަކައެކެވެ.
މިގޮތުން ހާވާޑް ހެލްތް ޕަބްލިޝިންގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ ކްލެއާ މިކްކާތީ ލިޔެފައިވާގޮތުން ބޭބީ ވޯކަރ ބޭނުންކުރުމަކީ މިނިވަންކަމާއެކު ތުއްތު ދަރިފުޅަށް ހިނގުން ލަސްވެދާނެ ކަމެކެވެ. އެއީ ހިނގަން ދަސްކުރުމަކީ އެހާ ބޮޑަށް ފައި ބޭނުންކުރަން ދަސްކުރުން ނޫން ކަމުންނެވެ. އަދި ހިނގަން ދަސްކުރުމަކީ ފުރަތަމަ ތަނެއްގައި ހިފަހައްޓައިގެން އަމިއްލަ ހަށިގަނޑު މައްޗަށް އުފުލަން ދަސްކޮށްފައި ދެން ބެލެންސްކުރަން ދަސްކުރުމަށްފަހު ސަޕޯޓެއް ނެތި ފިޔަވަޅުތައް އަޅަން ދަސްކުރުމެވެ.
ތުއްތު ދަރިފުޅު ބޭބީ ވޯކާރ އަކަށްލުމުން ހިނގާބިނގާވެ އުޅުމުގެ އެއްވެސް އެއްވެސް ކަމެއް ދަހެއް ނުވެއެވެ. ތުއްތު ދަރިފުޅަށް އެކަން ދަސްވާނީ ބޭބީ ކްރިބްގެ ފެންސުފަދަ ތަންތަނުގައި ހިފަހައްޓައިގެން ހަށިގަނޑު އުފުލުން ނުވަތަ ބެލެހެއްޓުންތެރިއެއްގެ އެހީތެރިކަމާއި އެކުގައެވެ. މީގެއިތުރުން މީހުންނަށް ގަބޫލުކުރަން އުނދަގޫ ހަގީގަތަކީ ތުއްތު ކުދިން އަމިއްލައަށް މޮބިލިޓީ ދަސްކުރަން ނުޖެހޭ ކަމެވެ. އެކުދިން މޮބިލިޓީ ދަސްކުރާއިރު މެދުނުކެނޑި ބެލެހެއްޓުންތެރިއެއް ގާތުގައި ހުންނަން ޖެހޭނެ ކަމަށް ޑޮކްޓަރ ކްލެއާ އެ އާޓިކަލްގައި ބުނެފައިވެއެވެ.
އަދި ބޭބީ ވޯކާރއަކީ ކުޑަކުދިންނަށް އަނިޔާލިބޭ ނުރައްކާތެރި އެއްޗެއްވެސް މެއެވެ. ޕީޑިއަޓްރިކްސް ޖާނަލްގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި 1990 އާއި 2014 އާ ދެމެދު ބޭބީ ވޯކާރގެ ސަބަބުން ކުޑަކުދިންނާ ގުޅުންހުރި އަނިޔާތަކުގެ ސަބަބުން އެމެރިކާގެ އިމަޖެންސީ ޑިޕާޓްމަންޓްތަކުގައި އުމުރުން 15 މަހުން ދަށުގެ 230،000 އަށް ވުރެ ގިނަ ކުދިންނަށް ފަރުވާ ދީފައިވެ އެވެ. މީގެތެރެއިން ގިނަ އަނިޔާތައް ލިބިފައިވަނީ ބޭބީ ވޯކާރއަށް ލާފައި އިންނަ ކުޑަކުއްޖާ ސިޑިން ވެއްޓުމާ ގުޅިގެންނެވެ. މިފަދަ އަނިޔާތަކުގައި އާންމުކޮށް ބޮލަށް ނުވަތަ ކަރަށް ގެއްލުންލިބި ބައެއް ފަހަރު ސީރިއަސް އަނިޔާތައްވެސް ލިބިފައިވެއެވެ.
ނަމަވެސް ބޭބީ ވޯކާރއިން ލިބޭ ގެއްލުމަކީ ހަމައެކަނި ސިޑިން ވެއްޓުމެއްވެސް ނޫނެވެ. ބޭބީ ވޯކާރއަށް ލާފައި ތިބޭ ކުދިންނަށް އެމީހުންނަށް އާންމު ގޮތެއްގައި އަތްނުފޯރޭ އެއްޗިއްސަށް އަތްފޯރުވެވި، އަމިއްލައަށް އެއްޗެހި ތިރިއަށް ދަމައިގަނެ، ނުވަތަ ނުރައްކާތެރި (ތޫނު އެއްޗެހި ނުވަތަ ހޫނު އެއްޗިހި) އެއްޗެހީގައި އަތްލެވި އެއިންވެސް އަނިޔާއެއް ލިބިދާނެއެވެ. މީގެ އިތުރުން ބޭބީ ވޯކާއިން ވެއްޓިގެންވެސް ކުޑަކުއްޖާއަށް އަނިޔާއެއް ލިބިދާނެއެވެ. އަދި ބެބީ ވޯކަރގައި ހަރުކޮށްފައިވާ ކުޅޭ އެއްޗެހިތަކުގެ ސަބަބުން ވެސް ކުޑަކުދިންނަށް އަނިޔާތަކެއް ލިބިފައިވެ އެވެ.
ބޭބީ ވޯކާރ އިން ތުއްތު ދަރިފުޅަށް އެއްވެސް ފައިދާއެއް ނުލިބެއެވެ. ބޭބީ ވޯކާރ އިން ދަރިފުޅު ހިނގުން ލަސްވުމުގެ އިތުރުން ނުރައްކާތެރި ބޮޑު ގެއްލުމެއްވެސް ތުއްތު ދަރިފުޅަށް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. ބޭބީ ވޯކާރއަށް ދަރިފުޅު ލާފައި އިންނަ ވަގުތު ދަރިފުޅު ބަލަން ހުންނަ މީހާގެ ހައްޓަށް ލުޔެއްލިބިދާނެއެވެ. ނަމަވެސް އެސަބަބައްޓަކާ އެކަނި އެހާ ނުރައްކާތެރި އަދި ދަރިފުޅަށް އެއްވެސް ފައިދާއެއް ނުކުރާ އެއްޗެއް ބޭނުންކުރުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
7 މޭ 2024
0