ގޫގުލް
10 މޭ 2024
0
ފަސޭހައިން އިންޓަނެޓްއަށް އެކްސެސްކޮށްލެވޭ މިޒަމާނުގައި ދަރިންގެ އަތަށް ފޯނު ދިނުމަކީ މިހާރު ދިވެހި މުޖުތަމައުގައި އާންމުކަމެކެވެ. އެންމެ ތުއްތު އިރުންފެށިގެން ދަރިފުޅަށް އުގަންނައިދިނުމުގެ ނަމުގައި އެކުދިންގެ އަތަށް ލެވިގެން ދަނީ ފޯނެކެވެ. އެފޯނުތަކަށް ބެލުމުގައި ކުއްޖާ މަޝްއޫލުވުމުން އެކުއްޖާ ބަލަން ހުންނަ މީހާއަށް ފަސޭހަވެ ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. ނަމަވެސް އޭގެ ސަބަބުން އެކުއްޖާގެ ޅަ ސިކުނޑިއަށާއި ހެދިބޮޑުވުމަށް ކުރާނެ ނޭދެވޭ އަސަރާއި މެދު ވިސްނާލުން މުހިންމެވެ.
ޔުނައިޓެޑް ނޭޝަންސް އޮފް ޗިލްޑްރެންސް ފަންޑް (ޔުނިސެފް)ގެ އާޓިކަލްއަކުން ބުނެދޭގޮތުގައި މެދުކެނޑުމެއް ނެތި ސްކްރީންތަކުން ކުއްޖާއަށް ފެނިގެންދާ މަންޒަރުތަކާއި މެސެޖުތަކުން އެކުދިންނަށް ފަރުވާތެރި ކަމާއެކު ކަންކަމަށް ސަމާލުކަންދޭން ދަސްވުމަށް ހުރަސްއެޅިގެންދެ އެވެ. ތުއްތު ކުދިން މުސްތަގުބަލުގައި ކާމިޔާބު ވާނީ، ފަރުވާތެރިކަމާއެކު ކަންކަމަށް ސަމާލުކަން ދޭން އެކުދިންނަށް ދަސްވުމުންނެވެ. އެ ޤާބިލުކަން ތަރައްޤީވާން ފަށަނީ އެންމެ ޅަ އަހަރުތަކުގައި އެކުދިންގެ ސިކުނޑި، ވަށައިގެންވާ މާހައުލުތަކަށް އެންމެ ނާޒުކު ވަގުތުތަކުގައި ހޭނިގެންނެވެ.
އަދި ސިކުނޑިއެއް ތަރައްޤީ ވުމަށްޓަކައި ވަށައިގެންވާ މާހައުލުގައި ހިނގާކަންކަން ފެނި އެކަންކަން ދަނެގަންނަށް ދަސްވާންޖެހެއެވެ. އަދި މި ކަންކަން ސިކުނޑިއަށް ނަގައިގަންނަށް ބޭނުންވާ ވަގުތަކީ ތުއްތުކުއްޖާގެ ސިކުނޑި ތަރައްގީވުމަށް ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން އަޑު އިވޭވަރަށް ކުޑަކުދިންނަށް ވާހަކަ ފޮތްތައް ކިޔާދިނުމުން އެކުދިންނަށް ފެންނަ ބަސްތަކާއި ތަސްވީރުތަކާއި އަޑުތައް ނަގައިގަތުމަށް ވަގުތު ލިބެއެވެ. ނަމަވެސް ފޯނުގެ ސްކްރީނުގައި ހުންނަ ތަސްވީރުތަކާއި މެސެޖުތައް މެދުނުކެނޑި ފެންނަމުން ދިޔުމުން ކަންކަމަށް ސަމާލުކަން ދިނުމާއި ފޯކަސްއަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
ކުޑަކުދިން ފޯނު ބެލުމަކީ އެހެން މީހުންގެ އިހުސާސްތައް އެކުދިންނަށް ދެނެގަންނަށް ދަސްވުމަށް ހުރަސްއެޅިގެންދާ ކަމެކެވެ. އަދި އެކުދިންގެ އަމިއްލަ އިހުސާސްތައްވެސް މެނޭޖްކުރަން އުނދަގޫ ވެގެންދާނެ ކަމެކެވެ. ހާވާޑްގެ ނިއުރޯސައިންޓިސްޓެއް ކަމަށްވާ ޗާލްސް ނެލްސަން ބުނާ ގޮތުގައި ތުއްތު ކުއްޖާ ވާހަކަދައްކަން ދަސްވުމުގެ ކުރިން އެކުދިން އެހެންމީހުންނާ މުހާތަބުކުރަން ބޭނުންކުރަނީ އެމީހުންގެ މޫނުމަތިން ފެންނަ ކުލަވަރުތަކެވެ. އެމީހުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަންތޯ ނުވަތަ ކަންބޮޑުވުންތޯ ކުދިން ބަލައި ދިރާސާކުރެއެވެ. ޗާލްސް ބުނާގޮތުގައި ބޮޑެތި މީހުންނާއެކު މިފަދައިން ކުޑަކުދިން ކުރާ މުއާމަލާތަކީ އެކުދިންގެ ސިކުނޑި ހެދި ބޮޑުވުމަށް ވަރަށް މުހިންމު ފިޔަވަޅެކެވެ. އެއީ ޖަޒުބާތުތަކާއި އެހެން މީހުން ގުޅޭ ގޮތްތައް ދަސްކުރުމަށް އެހީތެރިވެދޭ ކަމެކެވެ.
މިހެން ދެންނެވުމުން އުފެދޭނެ ސުވާލަކީ ފޯނުން ފެނިގެންދާ ވީޑިއޯތަކުންވެސް މީހުންގެ މޫނުމަތީގެ އިހުސާސްތައް ދަނެގަންނަން ދަސްވާނެ ނޫންހެއްޔެވެ؟ ނަމަވެސް ކޮންމެ އަހަރަކު 4،000 އަށްވުރެ ގިނަ ތުއްތު ކުދިންނާއެކު އެކްސްޕެރިމެންޓް ހަދާ ބްރެއިން ސައިންސްޓިސްޓެއް ކަމަށްވާ ޕެޓްރިޝިއާ ކުލް ބުނާގޮތުގައި އެމީހުންގެ ހޯދުންތަކުން ދައްކާގޮތުގައި، އެއްއަހަރު ނުވާ ތުއްތު ކުދިންނަށް މެޝިނަކުން އެއްޗެއް ދަސްނުވާ ކަމަށެވެ. ސަމާލުކަން ދަމައިގަންނަ އެތައް ވީޑިއޯއެއް އެކުދިންނަށް ދެއްކިޔަސް އުނގެނުމުގައި އާދަޔާ ހިލާފު ތަފާތެއް ވާކަމަށް އޭނަ ބުނެއެވެ. އޭނާ އިތުރަށް ބުނާގޮތުން މޮޅަށް ފިލާވަޅުތައް ލިބޭނީ ދިރިހުރި އިންސާނެއްގެ ކިބައިން ކަމަށާއި މެޝިނަކުން އެއްވެސް ފިލާވަޅެއް ނުލިބޭ ކަމަށެވެ.
މުނިފޫހިފިލުވުމުގެ ނަމުގައިވެސް ކުޑަކުދިން އަތަށް ފޯނު ދިނުމަކީ ރަނގަޅުކަމެއް ނޫންކަމަށް ޔުނިސެފުން ބުނެއެވެ. ޔުނިސެފް އިން ބުނާގޮތުގައި ކުޑަކުދިން ވަކިވަރަކަށް ފޫހިކަންވެސް އިހުސާސުކުރަން ޖެހެއެވެ. އޭރުން އަމިއްލަ ހިތްހަމަނުޖެހުމާއި ކުރިމަތިލާން ދަސްވެ އެކުދިންގެ ޝައުގުވެރިކަން ކޮންޓްރޯލްކުރަން ދަސްވާނެއެވެ. ނަމަވެސް އެކުދިން އަތަށް ފޯނު ދިނުމުން، މެދުކެނޑުމެއް ނެތި އެކުދިން ފޫހިކަންފިލާ މަންޒަރުތައް އަބަދުމެ ފެންނަން ހުރުމުން އަމިއްލައަށް އެފޫހިކަން ފިލުވައި، ގާތުގައި އުޅޭ އެހެން މީހުންނާއެކު ފޫހިފިލުވަން ބަރޯސާވާންވީ ގޮތް އެކުދިންނަށް ދަހެއް ނުވެއެވެ.
ތުއްތުކުދިން އަތަށް ފޯނު ދިނުމަކީ އެކުދިންގެ ސިކުނޑި ތަރައްގީވެ ހެދިބޮޑުވެގެން ދިޔުމަށް އެޅިގެންދާ ވަރަށް ބޮޑު ހުރަހެކެވެ. ކަންކަމަށް ފަރުވާތެރިކަމާއެކު ސަމާލުކަން ދީގެން ކަންކަން ކުރުމަށްވެސް ހުރަސްއެޅިގެންދާނެ ކަމެކެވެ. އަދި ބޮޑުވެގެން އަންނަ އިރު މީހުންގެ އިހުސާސްތަށް ދަނެގަތުމާއި އަމިއްލަ އިހުސާސްތައް މެނޭޖްކުރަން ނޭނގިދާނެ ކަމެކެވެ. މިކަންކަމަކީ މުސްތަގުބަލުގައި ކާމިޔާބު މޮޅު ކުއްޖަކަށް ވުމައްޓަކައި ކުޑަކުދިންގެ ކިބައިގައި ހުރުން މުހިންމު ސިފަތަކެކެވެ. ފޯނަކީ މިދެންނެވި ސިފަތައް ކުއްޖާގެ ގައިގައި އަށަގަތުމަށްވާ ހުރަހަކަށް ވީ ހިނދު ތުއްތުކުއްޖާގެ އަތަށް ދެވިގެންދާ ފޯނަކީ އެކުދިންނަށް އޮތް ނުރައްކަލެކެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
7 މޭ 2024
0