ފޮޓޯ: ދި އިންޑިޕެންޑެންޓް
17 ޖަނަވަރީ 2025
0
އެމެރިކާގައި ޓިކްޓޮކް މަނާކުރުމުގެ ގާނޫނަށް އެގައުމުގެ ސުޕްރީމް ކޯޓުން ތާއީދުކޮށްފިއެވެ.
އެގޮތުން އެމެރިކާގެ ސްޕްރީމް ކޯޓުން ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސްގެ މިލްކިއްޔާތުގައިވާ ޓިކްޓޮކް ބަންދުކުރުމަށް ނުވަތަ ވިއްކާލުމަށް ލާޒިމްކުރާ ޤާނޫނަށް ތާއީދުކޮށްފަ އެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރުން އިއްތިފާޤުން ނިންމި ނިންމުމުގައި ވަނީ މިދިޔަ އަހަރު އެމެރިކާގެ ކޮންގްރެސްއިން ފާސްކޮށް، ޑިމޮކްރެޓިކް ޕާޓީގެ ރައީސް ޖޯ ބައިޑަން ސޮއިކުރި ޤާނޫނަކީ އެމެރިކާގެ ޤާނޫނު އަސާސީގެ ފުރަތަމަ އިސްލާހުގައި ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ޚިލާފު ޤާނޫނެއް ނޫން ކަމަށް ކަނޑައަޅާފައެވެ.
ޗައިނާގެ ސަރުކާރުގެ ބާރު ހިނގާ މި އެޕްލިކޭޝަނަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަަށް އެގައުމުން ބުނެއެވެ.
މި ގާނޫނުގައި ވާގޮތުން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ބައިޓްޑާންސްއިން ޓިކްޓޮކް ވިއްކާނުލައިފިނަމަ، އެމެރިކާގައި މި އެޕްލިކޭޝަން މަނާކުރެވިގެންދާނެ އެވެ.
އެމެރިކާގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ޓިކްޓޮކް ބޭނުންކުރަމުން ގެންދާއިރު އެމީހުން ވަނީ މި ގާނޫނަށް ދެކޮޅު ހަދާފަ އެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
19 ނޮވެންބަރު 2024
0
22 އޮކްޓޫބަރު 2024
0
20 އޮކްޓޫބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0