19 ނޮވެންބަރު 2024
0
ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް ދިން ރޮކެޓު ހަމަލާތަކެއްގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ޓެލްއަވީވުގައިވާ ޓެރަރިސްޓް މަރުކަޒަކަށާއި އަސްކަރީ ހައްސާސް ޕޮއިންޓްތަކަކަށް ހަމަލާތަކެއް ދީފައިވާނެ ކަމަށް ހިޒްބުﷲ އިން ބުނެފައި ވާއިރު ހިޒްބުﷲ ދިން މިސައިލް ހަމަލާތަކެއް ޓެލްއަވީވުގެ އެތައް އިމާރާތަކަށް އެރުމުގެ ސަބަބުން މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އިސްރާއިލުގެ މީޑީއާތަކުން ބުނެފައި ވެއެވެ.
އިސްރާއީލުގެ ފުލުހުންގެ ބަޔާނެއްގައި ބުނާގޮތުން ހިޒްބުﷲ އިން ފޮނުވި މިސައިލުތައް ޓެލްއަވީވުގެ އިމާރާތްތަކަކަށް ވަނީ އަރާފައެވެ.
މީގެ އިތުރުން އިއްޔެ ހަމާސް ޖަމާއަތުން ވަނީ އިސްރާއީލުގެ ސިފައިންގެ ތެރެއިން ހަތަރު މީހަކު ޣައްޒާގައި މަރާފާއެވެ. އިސްރާއީލު އިއްޔެ ވަނީ ހިޒްބުﷲ ގެ މީޑިއާ އާބެހޭ ތިން މީހަކު މަރާލާފައެވެ.
އިސްރާއީލަށް ރައްދު ދިނުމުގެ ގޮތުން މިފަހަކަށް އައިސް ހިޒްބުﷲ ދޭ މިސައިލް ހަމަލާތަކުގެ ބޮޑުބައެއް އިސްރާއީލަށް ދަނީ އަރަމުންނެވެ. ފާއިތުވި ހަފްތާތަކުގައި ހިޒްބުﷲގެ އެތައް މިސައިލެއް ވަނީ އިސްރާއީލުގެ އިގްތިސާދީ ސިޓީކަމަށްވާ ހައިފާއަށް އަރާފައެވެ. މީގެ ސަބަބުން އިސްރާއީލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެގޮތުން އިސްރާއީލަކީ އަމާންކަން ނެތް ގައުމެއް ކަމުގެ އިހްސާސް ކުރެވި އިސްރާއީލުގެ އާންމުންނަށާއި އިސްރާއީލުގައި އިންވެސްޓް ކޮށްގެން އުޅޭ އިންވެސްޓަރުން ވަނީ އިސްރާއީލު ދޫކޮށް އެހެން ގައުމުތަކަށްވެސް ދާންފަށާފަ އެވެ.
0%
0%
0%
0%
0%
17 ޖަނަވަރީ 2025
0
29 ނޮވެންބަރު 2024
0
22 އޮކްޓޫބަރު 2024
0
20 އޮކްޓޫބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0