ފޮޓޯ: އެމްއެންޑީއެފް
12 ޖަނަވަރީ 2025
0
އެމެރިކާގެ އަސްކަރިއްޔާއާއި ގުޅިގެން އެމްއެންޑީއެފް އިން "އެކްސަސައިޒް ފްލޭޝް މެޓަލް 2025 - 7006" ނަމުގައި އެކްސަސައިޒް އެއް ފަށައިފިއެވެ.
މި އެކްސަސައިޒް ފެށުމުގެ ގޮތުން ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، މޭޖަރ މޫސާ ނިޔާޒުއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދޭގޮތުގައި މި އެކްސަސައިޒް ކުރިއަށްދާނީ 15 ޖެނުއަރީ އިން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް ގިރިފުށްޓާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ނިސްބަތްވާ ލ .އަތޮޅުގެ ބައެއް ރަށްތަކުގެ އެއްގަމާއި ކަނޑުގެ ސަރަހައްދުތަކުގައި ކަމަށެވެ.
އެގޮތުން މި އެކްސަސައިޒްގައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ސްޕެޝަލް ބޯޓް ސްކޮޑްރަންއާއި، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ މެންބަރުންނާއި، އެމްއެންޑީއެފް މެރިންސް ބައިވެރިވާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އަދި މި އެކްސަސައިޒްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ، އެމެރިކާ އަސްކަރިއްޔާގެ ސިފައިން ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
އެމްއެންޑީއެފް އިން ބުނީ މިއީ އެމްއެންޑީއެފްގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުންދާ އެކްސަސައިޒްތަކުގެ ތެރެއިން ކުރިއަށްގެންދާ އެކްސަސައިޒެއް ކަމަށެވެ.
0%
0%
0%
0%
0%
18 ފެބުރުވަރީ 2025
0
17 ފެބުރުވަރީ 2025
0
16 ފެބުރުވަރީ 2025
0
14 ފެބުރުވަރީ 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0