11 ފެބުރުވަރީ 2025
0
ރޯދަމަހުގައި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭން ނިންމާފައިވާ މަސްދަޅު ކޭސް މާލެ ސަރަަހައްދުގައި މި މަހުގެ 20 އިން 28 އަށް ބަހަން އެސްޓީއޯއިން ނިންމައިފި އެވެ.
އެސްޓީއޯއިން ބުނެފައި ވަނީ މާލޭ ވިލިމާލެ އަދި ހުޅުމާލޭގައި މަސްދަޅު ކޭސް ބެހުމަށް ނިންމާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށެވެ. މާލެ ފިޔަވައި އެހެން ރަށްރަށުގައި މިހާރު ވަނީ މަސްދަޅު ކޭސް ބަހަން ފަށާފަ އެވެ.
އެސްޓީއޯއިން މައުލޫމާތު ދޭގޮތުގައި ކޮންމެ ގެއަކަށް ވެސް 180 ގްރާމްގެ 48 ދަޅު ހިމެނޭ ތެޔޮ މަސް ކޭހެއް ދޫކުރަނޭ ކަމަށެވެ.
އެގޮތުން މަސްދަޅު ކޭސް ދޫކުރުމަށް އެސްޓީއޯއިން ނިންމާފައި ވަނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ލިބޭނީ ހަމައެކަނި ދިވެހިންނަށް ކަމަށާއި ގޭގެ ކަރަންޓު މީޓަރުގެ ނަމްބަރު ޗެކް ކުރުމަށް ފަހު، މަސްދަޅު ކޭހާ ހަވާލުވާން ދާ މީހާގެ އައިޑީކާޑާއި ގުޅޭނެ ނަމްބަރު ވެސް ރެކޯޑު ކުރާނެ ކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.
މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައި ވަނީ މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާބެހޭ ބައި، މިފްކޯ އޮފީސް ކޮމްޕައުންޑް، ވިލިމާލޭ ކައުންސިލް އޮފީސް، ހުޅުމާލެ 1 ގެ އުމަރު ޒާހިރު ބިލްޑިންގް، އަދި ހުޅުމާލެ 2 ހިޔާގެ 10 ވަނަ ޓަވަރުގައި ހުންނަ ޔޫތު ސެންޓަރުގައި ކަމަށް ވެސް އެސްޓީއޯއިން ބުނެފައި ވެއެވެ.
0%
0%
0%
0%
0%
18 ފެބުރުވަރީ 2025
0
17 ފެބުރުވަރީ 2025
0
16 ފެބުރުވަރީ 2025
0
14 ފެބުރުވަރީ 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0