ބަރުދަން އިތުރު ކުރުމަކީ ފަސޭހަކަމެއް ނޫން.

Barudhan ithuru kurumakee faseyhakamey noon

ގެއެއްގައި ތައްޔާރު ކޮށްފައިވާ ކެއުމެއް.

އާންމުކޮށް މީހުން ޝަކުވާކޮށް ހާސްވެގެން އުޅެނީ ބަރުދަން ލުއިނުވެގެެންނެވެ. އަދި މުޅިންވެސް ޝޯޝަލް މީޑިއާގައި ޝެއާކޮށް އާންމުވެފައި ވަނީ ބަރުދަން ލުއި ކުރުމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ތަކުން ނެވެ. 

ނަމަވެސް މިކަމުގައި ނޭނގޭ ހަގީގަތަކީ ހިކިކޮށް ތީބޭ އެއްބައި މީހުންނަށް ބަރުދަން އިތުރު ކުރުމަކީ ފަލަ މީހުންނަށް ހިކެން އުނދަގޫވާ ފަދައިން އެހާ އުނދަގޫ ކަމެއް ކަމެވެ.

ބަރުދަން އިތުރު ކުރަންޏާ ހަމައެކަނި ކުރަންޖެހޭ ކަމަކީ ތިމާ ކެލޮރީސް އަނދާ ވަރަށް ވުރެ އިތުރަށް ކެލޮރީސް ބޭނުން ކުރުމެވެ. މިހެން ބުނުމުން މީ ވަރަށް ފަސޭހަކަމެކޭ ހީވެދާނެއެވެ. ނަމަވެސް މީގެ އުނދަގޫތަކާއި ގޮންޖެހުންތައް ކުރިމަތިވާ ހިސާބަކީ ތިމާއަށް ތިމާގެ ހަށިގަނޑުން ކެލޮރީސް އަނދާވަރު ނޭނގުމާއި އަދި ކެލޮރީސް ބޭނުން ކުރެވޭވަރު ނޭނގުމެވެ. އަދި މީގެ އަނެއް އުނދަގުލަކީ ބަރުދަން އިތުރު ކުރާއިރު ސިއްހަތު ރަނގަޅު ކާނާ ބޭނުންކުރުމެވެ. އެހެންނޫނަމަ ނުރައްކާތެރި ބަލިތަކާއި ސިއްހީ މައްސަލަތައް ދިމާވާނެއެވެ. 

ބަރުދަން އިތުރު ކުރުމައްޓަކައި ބޭނުން ކުރަން ރަނގަޅު މާއްދާތައް އެކުލެވޭ ކާނާހުރެއެވެ. އޭގެ ތެރެއިން ބަރުދަން އިތުރުކުރުމަށް އެންމެ ރަނގަޅު ކާނާތަކުގައި އާންމުކޮށް ހިމެނެނީ ގަސްގަހާގެހި އާއި ޖަނަވާރުގެ ޕްރޮޓީން، ފެޓްސް އަދި ތެޔޮ، ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް، އަދި ހޯލް ކިރު ބޭނުންކޮށްގެން ތައްޔާރުކުރާ އުފެއްދުންތަކެވެ. 

އޭގެ ތެރެއިން ބަރުދަން އިތުރު ކުރުމަށް ބޭނުންކުރެވިދާނެ ތަރުކާރީ ތަކުގެ ތެރެއިން ސުވީޓް ޕޮޓޭޓޯ ހިމެނެއެވެ. ސުވީޓް ޕޮޓޭޓޯ އިން ހަކަތަ ލިއްބައިދިނުމާއި އެކު އޭގެން ވިޓަމިން އޭ، ސީ، އަދި ޕޮޓޭސިއަމް އެކުލެވިގެން ވެއެވެ. 

މީގެ އިތުރުން ޒުވާރި އަކީވެސް ބަރުދަން އިތުރުކުރުމަށް ބޭނުން ކުރެވިދާނެ ރަނގަޅު ކާނާއެކެވެ. މީގެން ކާބޯހައިޑްރޭޓްސް، ފައިބަރ، އަދި ވިޓަމިންގެ ގިނަ ވައްތަރުތައް ލިއްބައިދެއެވެ.

ނަމަވެސް ވިސްނަންޖެހޭ ކަމަކީ ތަރުކާރީއަކީ، އާންމުކޮށް ބަރުދަން އިތުރުވާނެ ކާނާއެއް ނޫނެވެ. ހަގީގަތުގައި ގިނަ ތަރުކާރީތަކަކީ ކެލޮރީ މަދު ކަންތަކަކަށް ވާތީ ދުޅަހެޔޮ ބަރުދަނެއް ބެހެއްޓުމަށް އެހީތެރިވެދޭނެ ތަރުކާރީތަ ދެނެގަތުން މުހިންމެވެ.

އިންސާނާ ހަށިގަނޑު ބަރުވެގެން ސިއްހަތަށް ގެއްލުންވާކަން އެންމެނަށް ވެސް އެނގެއެވެ. ނޭނގޭ ކަމަކީ ބަރުދަން ލުއިވެގެންވެސް އެއްބައި ފަހަރު ސިއްހަތަށް ގެއްލުންވާކަމެވެ.

ލީޑް އިންވެސްޓިގޭޓަރ ބްރައިއަން ވޯލްފިން "ބަރުދަން ލުއި ކުރަންނޫޅެ އަދި ލުއިވާން އިތުރު ކަސްރަތުތަކެއްވެސް ނުކޮށް ހުއްޓައި ބަރުދަން ވެއްޓޭނަމަ ޑޮކްޓަރަށް ދައްކަން ޖެހޭނެ". ހެލް ފެމިލީ ސެންޓަރ ފޯ ޕެންކްރިއޭޓިކް ކެންސަރ ރިސާރޗް އިންވެސް މިބުނުމަށް އެއްބާރުލުން ދީފައިވެއެވެ.

ސިއްހަތު ރަނގަޅަށް ބެހެއްޓުމަކީ ހިކުމެއް ނޫނެވެ. އެއީ އިންސާނާގެ ހަށިގަނޑު ހުންނަންޖެހޭ ވަރުގައި ހުރުމެވެ. އެއީ ކިހާވަރެއް ކަން ދެނެގަނެވޭނެ ފަސޭހަގޮތަކީ ބޮޑީ މާސް އިންޑެކްސް (BMI) ހަދައިގެންނެވެ. އެއީ އިންސާނާގެ ފިޒިކަލް ހަށިގަނޑަށް ބަލާގެން ހަދާ ހިސާބެކެވެ.

 

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Smile
Smile

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Anehkaaves MDP ghe membarunthakeh raa fulhi genghulhey vedio eh leak vejje

އަނެއްކާވެސް އެމްޑީޕީ ގެ މެމްބަރުންތަކެއް ރާ ފުޅި ގެންގުޅޭ ވީޑިއޯއެއް ލީކުވެއްޖެ

0

ibrahim Wins Parliamentary Seat for Mahchangolhi Uthuru in the 20th Maldivian Parliament

މައްޗަންގޮޅީ އުތުރަށް އިއްބެ ޖަނާބު އިންތިޚާބު ވެއްޖެ.

0

Baby walker, kudakudhinna huri nurahkaleh.

ބޭބީ ވޯކަރ، ކުޑަކުދިންނަށް ހުރިނުރައްކަލެ.

0