ދަ ސުކޫބާ ޑައިވިންގ ސްޕައިޑަރ
14 އެޕްރީލު 2024
0
ދި ސުކޫބާ ޑައިވިންގ ސްޕައިޑަރ ނުވަތަ ދި ޑައިވިންގ ބެލް ސްޕައިޑަރ އަކީ އޭގެ މުޅި ހަޔާތް ފެނުގެ އަޑީގައި ހޭދަކުރާ ފައިދިގުމަކުނެކެވެ. މި ސޮރު ފެނު އަޑީގައި ދިރިއުޅުނެއްކަމަކު އޭއްޗަކައް ފެނު އަޑީގައި ނޭވާއެއް ނުލެވެއެވެ. އެހެނިހެން ފައިދިގުމަކުނު ފަދައިން މިސޮރު ވެސް ނޭވާލާން ވައި ބޭނުން ވެއެވެ. ނަމަވެސް އެހެނިހެން ފައިދިގުމަކުނުތަކާ ހިލާފައް މި ސޮރައް އާދަޔާޚިލާފު ހުނަރެއް ﷲ ތައާލާ ވަނީ ދެއްވާފައެވެ، އެއީ ވައި ބޮކި ބޭނުން ކޮށްގެން ނެވާލުމުގެ ގާބިލިއްޔަތުކަމެވެ.
މިއާދަޔާ ޚިލާފު ފައި ދިގުމަކުނުގެ މިހުނަރު ފެނިފައި ސައިންސް ވެރިންވެސް ތިބީ އަޖައިބުވެފައެވެ، އަދި މި ބާވަތުގެ ފައިދިގުމަކުނު އިތުރަށް ތަހުގީގު ކުރުމަށް ސައިންސް ވެރިން ދަނީ މަސައްކަތް ކުރަމުންނެވެ.
ހޯދުން ތަކުން ދައްކާގޮތުގައި މި ފައިދިގުމަކުނު ވައި ބޮކި ހިފަހައްޓަނީ ވައި ބަންދުވާހެން ބަނޑުގައި ވަށައި ސިލްކު ވާ ފުރައިގެނެވެ، އަދި ފެނުގެ އަޑީގައި ހުންނަ ވިނަ ތަކުގައި މި ސޮރު މި ވައި ބޮކިތައް ޖަމާކުރެއެވެ. އެއްކުރެވިފައިވާ މި ވައި ބޮކި ނޭވާ އައު ކުރުމުގެ އިތުރަށް އެސޮރު ކައިބޯ ހަދަންވެސް ބޭނުން ކުރެއެވެ.
މި ބާވަތުގެ ފައިދިގު މަކުނު ގިނައިން ފެންނަނީ ޔޫރަޕުގެ ބައެއް ހިސާބުތަކުންނާއި އޭޝިޔާގެ ބައެއް ހިސާބުތަކުންނެވެ، އަދި ދިރި އުޅެނީ މަޑުން ދުވާ ރީތިފެން ކޯރުތަކުގައެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0