ޗައިނާގެ ފޮރިން މިނިސްޓަރ ވަންގް ޔީ، ލީގް އޮފް އަރަބް ސްޓޭޓްސްގެ ޗައިނާ ރެޕްރެޒެންޓޭޓިވް އަޙްމަދު މުސްތަފާ ފަހުމީއާ ބައްދަލުކުރެއްވުން. | ފޮޓޯ: ޗައިނާޑެއިލީ
29 މާރިޗު 2024
0
ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ، ލީގް އޮފް އަރަބް ސްޓޭޓްސްގެ ޗައިނާ ރެޕްރެޒެންޓޭޓިވް އޮފީހުގެ އާ ވެރިޔާ އަޙްމަދު މުސްތަފާ ފަހުމީއާ ބުރާސްފަތި ދުވަހު ބެއިޖިންގައި ބައްދަލުކުރައްވައިފި އެވެ.
ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރުކަން ވެސް ކުރައްވާ ވަންގް ވަނީ ފަހުމީ އަށް ޗައިނާގެ އާ މަގާމަށް މަރުހަބާ ދަންނަވާފަ އެވެ.
އަދި ޗައިނާ އާއި އަރަބި ގައުމުތަކުގެ ގުޅުންތައް ބަދަހިކޮށް މިއޮތް ދުވަސްތަކަކީ ތާރީހުގައި ވެސް ނުހަނު އުފާވެރި ދުވަސްތަކެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ވަންގް ވިދާޅުވީ ދެ ފަރާތުގެ ލީޑަރުން އެއްބަސްވެވަޑައިގެންނެވި އެއްބަސްވުން ތަންފީޒުކުރުމަށާއި "ޗައިނާ - އަރަބި" މުޖުތަމައުއެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް، ލީގު އޮފް އަރަބް ސްޓޭޓްސްއާއި ގުޅިގެން މަސައްކަތް ކުރަން ޗައިނާ އޮތީ ތައްޔާރަށް ކަމަށެވެ.
މިއަހަރަކީ ޗައިނާ-އަރަބް ސްޓޭޓްސް ކޯޕަރޭޝަން ފޯރަމް އުފެދުނުތާ 20 އަހަރު ފުރޭ އަހަރު ކަމަށާއި، އެ ފޯރަމްގެ 10 ވަނަ މިނިސްޓީރިއަލް ބައްދަލުވުން ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވަމުން ވަންގް ވިދާޅުވީ، ދެ ފަރާތުން ވެސް އެ ފުރުސަތުގެ ބޭނުން ހިފަންޖެހޭނީ، އެއްބަސްވާ ކަންކަމުގައި ގުޅުން ބަދަހިކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ގާނޫނީ އަދި ގައުމީ ހައްގުތައް ހޯދައިދިނުމަށް ކުރާ އިންސާފުވެރި މަސައްކަތަށް އޮތް ތާއީދު އިތުރަށް ހަރުދަނާ ކުރުމަށް ކަމަށެވެ.
ލީގް އޮފް އަރަބް ސްޓޭޓްސްގެ ޗައިނާ ރެޕްރެޒެންޓޭޓިވް ފަހުމީ ވިދާޅުވީ ފަލަސްތީނުގެ މައްސަލައިގައި ޗައިނާއިން ގެންގުޅޭ އިންސާފުވެރި ސިޔާސަތާއި އަރަބި ގައުމުތަކަށް ދޭ ފުރިހަމަ އެއްބާރުލުމަށް އަރަބީންގެ ފަރާތުން ވަރަށް ބޮޑަށް ތައުރީފު ކުރާ ކަމަށާއި އަރަބި ގައުމުތަކާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން ކުރިއެރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
0%
0%
0%
0%
0%
18 ފެބުރުވަރީ 2025
0
17 ފެބުރުވަރީ 2025
0
16 ފެބުރުވަރީ 2025
0
14 ފެބުރުވަރީ 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0