31 މާރިޗު 2024
0
ކުރިއަށް އޮތް ރައްޔިތުން މަޖްލިސް އިންތިޚާބުގެ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ޝާހިދު ދިވެހި ގައުމިޔަތަށާ އަދި މިކަމާ ގުޅުންހުރި ރައީސް ޑ.ރ. މުއީއްޒުގެ ސިޔަސްތުތަކަށް ފާޑުވިދާޅުވުމުން އެކަމަށް މިނިސްޓަރ އާދަމް ނަސީރު ރައްދު ދެއްވައިފިއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ދިވެހި ޤައުމިއްޔަތަކީ ނަފުރަތުކަމަށް މީހަކު އެ ބުނާ، ވާހަކައާއި ދޮން މޭބިސްކަދުރަކީ ހުތް އެއްޗެއް ކަމަށް ހިޔަޅު ބުނި ވާހަކައާ އެއްފަދަ ކަމެއް ކަމަށެވެ.
ކުރީގެ ފޮރިން މިނިސްޓަރ އަދި އެމް. ޑީ. ޕީ. ގެ ރައީސް އަބްދުﷲ ޝާހިދު އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ގެންނަވަން އުޅުއްވާ ޤައުމިއްޔަތަކީ ނަފްރަތާއި، ދޮގާއި ފިތުނާއިގެ ޤައުމިއްޔަތެއް ކަމަށާއި، މުޅި ވެރިކަން ބިނާ ކުރައްވަން ބޭނުންފުޅު ވަނީ ބައިބައި ކުރެއްވުމެއްގެ މައްޗަށް ކަމަށެވެ. އަދި ރައީސްއަކީ ނަފްރަތާއި، ދޮގާއި ފިތުނާއިގެ ޤައުމިއްޔަތު އުފެއްދުމުގެ ބައިވެރިއެއް ކަމަށާއި އޭގެ އެންމެ އިސް ޖަޑިބަކީ ރައީސް ޑރ. މުޢިއްޒުކަމަށް ވަނީ ވިދާޅުވެފައެވެ.
މިބޭފުޅާ މިހެން ވިދާޅުވީ ނަަމަވެސް ރައިސް ޑރ. މުއީއްޒުގެ ވާހަކަފުޅުތަކާ އަމަލުތައް މިއާ މުޅިން ހިލާފެވެ. މިދިޔަ ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ދިވެހި ގައުމިއްޔަތު ސިފަކޮއްދެއްވާފައި ވަނީ ދިވެހިންނަކީ ދިވެހި ބަހުން ވާހަކަ ދައްކާ ދިވެހި ކާބަފައިން ފަދައިން އެކަކު އަނެކަކަށް ހެޔޮ، އިސްލަމް ދީނުގައި ދެމިތިބޭ އަދި ދީލަތީ ޤައުމެއް ކަމުގައި ވުމާއި، އަދި ދިވެހީންނަކީ ދިވެހި ޤައުމާއި އެއްކޮޅަށް ކުރެވޭ ކަންތައްތަކާއި ދެކޮޅަށް ކުރެވޭ ކަންތައްތައް ވަކި ކުރަން އެނގޭ ބަޔަކަށް ވުމެވެ. އަދި ހަމަ މިފަދައިން ދިވެހީންނަކީ ދިވެހީންނަށާއި އެހެން އިންސާނުންނަށް އަޅާލާ އަޚްލާޤް ރަނގަޅު ބަޔަކަށް ވުމެވެ.
0%
0%
0%
0%
0%
18 ފެބުރުވަރީ 2025
0
17 ފެބުރުވަރީ 2025
0
16 ފެބުރުވަރީ 2025
0
14 ފެބުރުވަރީ 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0