ފޮޓޯ: ގޫގުލް
31 މާރިޗު 2024
0
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު މިރޭގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދެއްވިގޮތުގައި، ރ. މަޑުއްވަރީ، ވިންޑްމާގޭ، އަހްމަދު އިޖާޒު، 44 ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
އަދި އަޙްމަދު އިޖާޒުއަކީ ޓީބީ ބަލި ހުރި ބޭފުޅެއް ކަމާއި، އޭނާ ބަންދުކުރެވުނު ދުވަސް ނޫން އަނެއް ދުވަހުގައި ނޭވާލާން އުނދަގޫވާތީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމުން ވަނީ އީއާރްގައި އެޑްމިޓް ކޮށްފައި ކަމަށްވެސް މައުލޫމާތު ދެއްވިއެވެ.
"އަހުމަދު އިޔާޒުއަށް ޓީބީ ބަލި ޖެހިފައިވާކަން އެނގުނީ މާޗު، 8 ގައި ހޮސްޕިޓަލަށް ގޮސް ފަރުވާ ދިނުމުގެ ތެރޭގައި" ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އައިމިނަތު ޔުސްރީން އަހްމަދު ވިދާޅުވިއެވެ.
އިޖާޒުގެ ހާލަތު ގޯސްވެ ވެންޓިލޭޓަރަށް ލައި، އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް، މިރޭ 11:30ހާއިރު އޭނާ މިދުނިޔެ ދޫކޮށް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކޮށްފި ކަމަށް ކަރެކްޝަނުން ބުނެ އެވެ.
އިޖާޒު މަރުވުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި، އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި، މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާ ކަމަށް ކަރެކްޝަނުން ބުންޏެވެ.
0%
0%
0%
0%
0%
18 ފެބުރުވަރީ 2025
0
17 ފެބުރުވަރީ 2025
0
16 ފެބުރުވަރީ 2025
0
14 ފެބުރުވަރީ 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0