ފޮޓޯ: ގޫގުލް
12 އެޕްރީލު 2024
0
މިހާރު އައިސް ލިބޭ ރަށްތަކުގެ އިތުރުން 11 ރަށެއްގައި އައިސް އެޅޭނެ ނިޒާމު ޤާއިމް ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީއިން މަޢުލޫމާތު ދެއްވައިފިއެވެ.
ފިޝަރީޒް މިނިސްޓްރީއިން މައުލޫމާތު ދެއްވި ގޮތުގައި، މި ރަށްތަކުގައި އައިސްޕްލާންޓު ބެހެއްޓުމުގެ ޢަމަލީ މަސައްކަތްތައް ދާދި އަވަހަށް ފެއްޓޭނެ ކަމަށާއި، މަޝްރޫއަށް ބޭނުންވާ ފަންޑު ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫގެ ދަށުން އައިސްޕްލާންޓް ބެހެއްޓުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ށ.ކޮމަންޑޫ، ޅ.ނައިފަރު، އއ.ރަސްދޫ، މ.ވޭވަށް، ދ.ބަނޑިދޫ، ދ.މީދޫ އަދި ގދ.ރަތަފަންދޫ އެވެ.
މީގެތެރެއިން 5 ޕްލާންޓަކަށް ފަންޑު އަދި ބާކީ ހަ ޕްލާންޓް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ޚަރަދުގައެވެ.
މި 11 ރަށުގެ އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ޙަވާލުކުރުމަށް ނިންމާފައިވަނީ މިފްކޯއާ ކަމަށާއި، މި ޕްލާންޓް ތަކުގެ ތެރެއިން 5 ޕްލާންޓްގެ ފަންޑު ހަމަޖެހިފައިވަނީ "ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓް" އުންނެވެ.
ހަމަ އެއާއެކު، ސަރުކާރުންވަނީ ފެނަކައިގެ ބެލެހެއްޓުމުގެ ދަށުން އޮޕަރޭޓް ކުރަމުންދާ އައިސްޕްލާންޓްތައް މިފްކޯއާއި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރައްވަމުން އަންނަކަން ހާމަކުރައްވާފައެވެ.
ނިމިދިޔަ އަހަރުތަކާއި ހިލާފަށް ދިވެހިރާއްޖޭގެ އިގްތިޞާދީ ސިނާއަތުގެ އެކި އެކި ދިމަދިމާލުން މިފަދަ މަޝްރޫތައް ފެށިގެން ކުރިޔަށްދާކަމީ، ދިވެހިރާއްޖޭގެ މި ބިޔަ އޮޑީގެ މިސްރާބު ތަރައްގީއާ ދިމާލަށް ހުރި ކަމުގެ ފާލެއްވެސް މެއެވެ.
0%
0%
0%
0%
0%
18 ފެބުރުވަރީ 2025
0
17 ފެބުރުވަރީ 2025
0
16 ފެބުރުވަރީ 2025
0
14 ފެބުރުވަރީ 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0