ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
23 ޖަނަވަރީ 2025
0
ކޮންމެ އަތޮޅެއްގައި ރަށްރަށުގައި ކުރަންޖެހޭ މަރާމާތުތަކަށް ހާއްސަ ކޮށްގެން ޕަބްލިކްސް ވޯކްސް ޔުނިޓެއް ގާއިމްކުރާނެ ކަމަށް ރައީސުލްޖުމްހޫރީއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ރ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދު އެންމެ ފަހުން ވަޑައިގަތް މާކުރަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ރަށްރަށުގައި އިންފްރަސްޓްރަކްޗާތައް ގާއިމްކުރަނީ ބޮޑު ހަރަދެއް ކޮށްގެން ކަމަށާއި އެހެނަސް ރަނގަޅަށް މަރާމާތު ނުކުރެވޭތީ އެ ކަންކަން ރަނގަޅުކުރަން ބޮޑު ހޭދައެއް ކުރަން ޖެހޭކަމަށެވެ. އެހެންކަމުން ޕަބްލިކް ވޯކްސް ސައިޓެއް ގާއިމްކުރުމަކީ ބޭކާރު ކަމަކަށް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ރ. އަތޮޅުގެ ޕަބްލިކް ވޯކްސް ސައިޓު ގާއިމް ކުރާނީ މާކުރަތުގައި ކަމަށެވެ. އަދި ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި މަރާމާތުގެ މަސައްކަތްތައް ކުރަން އުތުރާއި ދެކުނުގައި މޮބައިލް ދެ ޔުނިޓު ހަދަން ކަނޑައަޅާފައި ވާނެކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މި ނިޒާމު ގާއިމް ކުރެވުމުން ލޯންގު ޓާމުގައި ރަށްރަށުގައި ހުންނަ ހުރިހާ އިންފްރަސްޓްރަކްޗާ ތަންތަން ބެލެހެއްޓުމުގެ ހަރަދު ބޮޑު ތަނުން ކުޑަވާނެ ކަމަށެވެ.
0%
0%
0%
0%
0%
18 ފެބުރުވަރީ 2025
0
17 ފެބުރުވަރީ 2025
0
16 ފެބުރުވަރީ 2025
0
14 ފެބުރުވަރީ 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0