7 އެޕްރީލު 2024
0
"ހޯޕް އައިލެންޑް”ގެ ނަމުގައި ޙާއްސަ ރަށެއް ކުށުގެ މާހައުލުގައި އުޅޭ ކުޑަކުދިން ރިހެބިލިޓޭޓްކުރަން ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިއަދު ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ އިހުސާން ވިދާޅުވީ މިހާރު ޤާނޫނު އޮތްގޮތުން ކުށުގެ ވެށީގައި އުޅޭ ނުވަތަ ކުށަށް އަރައިގަންނަ ކުދިންނަށް ދޭންޖެހޭ ރިހެބިލިޓޭޝަން އަދި ސައިކޮލޯޖިކަލް ފަރުވާ މަރުކަޒުކޮށްގެން ދެވެނީ 15 އަހަރު ވީމަ ކޯޓު ހުކުމެއްގެ ދަށުން ކަމަށެވެ.
އއ. ރަސްދޫގެ މިސްކިތެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައާ ގުޅިގެން އެކްސް އިން ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ އިތިރަށް ވިދާޅުވީ ރާއްޖޭގައި ކުށުގެ ވެށީގައި އުޅޭ އަދި ކުށަށް އަރައިގަންނަ 12، 13 އަދި 14 އަހަރުގެ ކުދިން ނިސްބަތުން ވަރަށްގިނަކަމަށެވެ.
“ނަމަވެސް ރާއްޖޭގައި ކުށުގެ ވެށީގައި އުޅޭ އަދި ކުށަށް އަރައިގަންނަ 12، 13 އަދި 14 އަހަރުގެ ކުދިން ނިސްބަތުން ވަރަށްގިނަ. މީގެތެރެއިން ގިނަކުދިންނަކީ ހަރުދަނާ ބެލެހެޓުންތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްނުދެވޭ އާއިލާތަކުގެ ކުދިން. މިކުދިންނަށް މުޖުތަމައުގައި ބައިތިއްބައިގެން ނުވަތަ އާއިލާ ކައިރީގައި ބައިތިއްބައިގެން ރިހެބިލިޓޭޓްކުރުމަކީ އެހާ ކާމިޔާބުކޮށް ކުރެވޭކަމެއް ކަމަކަށް ތަފާސްހިސާބުތަކުން ނުދައްކާ.”
"ހޯޕް އިލެންޑް" އިން ދެވޭ ރީހެބިލިޓޭޝަނަކި ދީނީ ތައުލީމާއި ތަރުބިއްޔަތު، ފިޒިކަލް ފިޓްނެސް، ރަސްމީ ތަޢުލީމު، ކޮމްޕެޓިިޓިވް ސްޕޯރޓްސް، މަސައްކަތްތެރިކަން، ޤައުމިއްޔަތު، ޕާރސަނަލައިޒްޑް ސައިކޯސޯޝަލް އިންޓަރވެނޝަން، ލީޑަރޝިޕް އަދި ޓީމް ބިލްޑިންގ ހިމެނޭ ރެޖިމެންޓެޑް ސިސްޓަމެއްގެ ތެރެއިންދެވޭ އެއްޗަކަސް ވާނޭކަމަށެ މިނިސްޓާރ ވިދާޅުވިއެވެ
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0