ލާމު "މެރިޓައިމް ހަބް" މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

Laamu "Maritime Hub" mashroouge ehbasvumugaa soikohfi

ލާމު އިންޓަގްރޭޓެޑް މެރިޓައިމް ހަބް ތަރައްގީކުރުމުގެ މަޝްރޫއުގައި ސޮއިކޮށްފިއެވެ.

ލ.އަތޮޅުގައި ސަރުކާރުން ކުރިއަށްގެންދާ އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް އިފްތިތާހުކުރުމަށް ރޭ ފޮނަދޫގައި ބޭއްވި ޖަލްސާއެއްގައި ވަނީ މެރިޓައިމްގެ ތަފާތު ގިނަ ޚިދުމަތްތައް ފޯރުކޮށްދޭގޮތަށް ގާދޫގައި ތަރައްގޫކުރާ ”މެރިޓައިމް ހަބް“ ރަސްމީކޮށް އިފްތިތާހްކޮށްފައެވެ.

ލާމު އިންޓަގްރޭޓެޑް މެރިޓައިމް ހަބް ތަރައްގީކުރުމުގެ މަޝްރޫއުގައި ސޮއިކޮށްފިއެވެ.

ލ.އަތޮޅުގައި ސަރުކާރުން ކުރިއަށްގެންދާ އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް އިފްތިތާހުކުރުމަށް ރޭ ފޮނަދޫގައި ބޭއްވި ޖަލްސާއެއްގައި ވަނީ މެރިޓައިމްގެ ތަފާތު ގިނަ ޚިދުމަތްތައް ފޯރުކޮށްދޭގޮތަށް ގާދޫގައި ތަރައްގޫކުރާ ”މެރިޓައިމް ހަބް“ ރަސްމީކޮށް އިފްތިތާހްކޮށްފައެވެ.

ލާމު ”މެރިޓައިމް ހަބް“ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ކެމް.ސީ އިންޖިނިއަރިންގ ކޯ ލިމިޓަޑާއެވެ. ރޭގެ ޖަލްސާގައި އެ ކުންފުންޏާއި އެމްޕީއެލް އިން ވަނީ މި މަޝްރޫއުގެ ފަހުމުނާމާގައި ސޮއިކޮށްފައެވެ.

އެގޮތުން އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. ކެ.މްސީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ލީ ވެއިވެއި އެވެ. 

މި މަޝްރޫއުގެ ދަށުން ރާއްޖޭގައި މުޅިން އަލަށް ތައާރަފުކުރާ ކްރޫޒް ޓަރމިނަލްއެއް ގާއިމު ކުރެވިގެންދާނެ.

ގާދޫއާއި ފޮނަދޫއާއި އިންވެގެން އޮތް ފަޅުތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީކުރާ އީކޯ ރިސޯޓު ގާއިމު ކުރެވިގެންދާނެ.

އެ ސަރަހައްދުގައި ސުޕަރ ޔޮޓް މެރީނާއެއް ގާއިމުކުރެވިގެންދާނެ.

އޮފްޝޯރ ބަންކަރިންގްގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ.

ގާދޫގައި ވެލާ ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމުކުރެވިގެންދާނެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ ލާމު ”މެރިޓައިމް ހަބް“ އަކީ ލާމު އަތޮޅުގެ އިގުތިސާދަށް އާދަޔާ ޚިލާފު ފައިދާއެއް ކުރާނެ މަޝްރޫއެއް ކަމަށެވެ. އަދި މި ފެށިގެންދާ މަޝްރޫއުތަކުން މަދުވެގެން ޑިރެކްޓްކޮށް 2000 މުވައްޒަފުން ބޭނުންވާނެކަން ފާހަގަކުރައްވައި ވަޖީހު ވަނީ އިންޑައިރެކްޓްކޮށް އާދަޔާ ޚިލާފަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް އުފެދިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

“މިކަންތައްތައް ފުރިހަމަވުމުން މި އަތޮޅާއި އަދި ކައިރީގައި އޮތް އަތޮޅުތަކުގެ ރައްޔިތުންނަށް ވެސް އާދަޔާ ޚިލާފު އިގުތިސާދީ މަންފާތަކެއް ކުރާނެ“ ވަޖީހު ވިދާޅުވިއެވެ. 

ވަޖީހް ވިދާޅުވީ އެމްޕީއެލްގެ ވިސްނުމަކީ ތަފާތު އެކި ދާއިރާތަކަށް ވިޔަފާރި ފުޅާކޮށް އާމްދަނީ އިތުރުކޮށް ގައުމުގެ އިގުތިސާދީ ކުރިއެރުމަށް މުހިންމު މަސައްކަތްތަކެއް ކުރުން ކަމަށާއި އެ ކުންފުނިން މިސްރާބު ޖަހާފައިވަނީ ހަމަ އެކަނި ކޮންޓޭނަރ ކޮޅެއް އޮޕަރޭޓްކޮށްގެން ލިބޭ އާމްދަނީއަށްވުރެ ރާއްޖެ ތަރައްގީކުރުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އެއްބާރުލުން ދީ އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުމަށް ކަމަށެވެ.

“މިސްރާބު ބަދަލުކޮށް ވިޔަފާރި ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކެއް މިއީ“ އޭނާ ވިދާޅުވިއެވެ. 

ޒަމާނީ ތަރައްގީއާއެކު ލ.އަތޮޅު އަންނަ މެރިޓައިމް ހަބްގެ ޚިދުމަތާއެކު މި އަތޮޅުގެ ރައްޔިތުންނަށް އާމްދަނީގެ ފަހި ފުރުސަތުތަކެއް ލިބިގެންދާނެއެވެ.

އެމްޕީއެލްއިން ބުނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އީކޯ-ފްރެންޑްލީ ޑިވަލޮޕްމަންޓް މެތޮޑްސް ތެރެއިން ކަމަށެވެ.

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Smile
Smile

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Anehkaaves MDP ghe membarunthakeh raa fulhi genghulhey vedio eh leak vejje

އަނެއްކާވެސް އެމްޑީޕީ ގެ މެމްބަރުންތަކެއް ރާ ފުޅި ގެންގުޅޭ ވީޑިއޯއެއް ލީކުވެއްޖެ

0

ibrahim Wins Parliamentary Seat for Mahchangolhi Uthuru in the 20th Maldivian Parliament

މައްޗަންގޮޅީ އުތުރަށް އިއްބެ ޖަނާބު އިންތިޚާބު ވެއްޖެ.

0

Baby walker, kudakudhinna huri nurahkaleh.

ބޭބީ ވޯކަރ، ކުޑަކުދިންނަށް ހުރިނުރައްކަލެ.

0