29 މާރިޗު 2024
0
އުންމީދަކީ މި އަހަރު ނިމެން ވާިއރަށް ވެލާނާ އިންޓަނޭޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތްތައް ނިންމައި އޮޕަރޭޝަނަށް ގެނައުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތު މީޑިއާއަށް ރައީސް ދެއްވި އިންޓަވިއެއްްގައި ވިދާޅުވީ ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫތައް ހަގީގަތަށް ހެދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު މަޝްރޫއަކީ މައި ދޮރާށި، އެއާޕޯޓްގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.
"އެއާޕޯޓްގެ މަސައްކަތް ދިޔައީ ވަރަށް ލަސްކޮށް ހިނގަމުން. ޓްރާންސިޝަން މަރުހަލާގައި ވެސް ބައްދަލުކުރި ކުންފުންޏަކީ އެ މީހުން އެކަނި. އެއީ ވެސް އެ މަޝްރޫއުގެ މުހިންމުކަމުގެ ސަބަބުން. ދެން ރަސްމީކޮށް އެ ސައިޓަށް ވެސް ގޮސް ކަންކަން ދިޔަގޮތް ބެލިން. ވަރަށް ލަސްކޮށް ކަންކަން ދިޔައީ. ދާންވާ ޓާގެޓަކަށް ނުދޭ.". ރައީސް ވިދާޅުވިއެވެ.
ނަމަވެސް މިހާރު ވަަރަށް ބޮޑުތަން ކެޗްއަޕްކުރެވި އެ މަޝްރޫއު ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އުންމީދަކީ މި އަހަރު ނިމެންވާއިރާ ޓާމިނަލްގެ މުހިންމު މަސައްކަތްތަކެއް ނިންމައި އެއާޕޯޓް އޮޕަރޭޝަނަށް ގެނައުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރިކޯޑު އަދަދަކަށް ފަތުރުވެރިން އަންނަމުން ދާއިރު މިހާރު ބޭނުންކުރަމުން ދާ ޓާމިނަލް ބޭނުންކޮއްގެން އެމް. އޭ. ސީ. އެލް. އަށް ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެއެވެ. ވާރޭ ވެހޭނަމަ އެތައް ތަނެއްގައި ބާލިދީ ބަހައްޓައިގެން ނޫނީ ހިދުމަތެއް ނުދެވެެއެވެ. އެންމެ އަދައިގެ ހިދުމަތްތައް ހޯދަންވެސް އެތައް އިރެއް ތިބެންޖެހެއެވެ.
ރާއްޖޭގެ ރަސްމީ މައި ދޮރޯށި ތަރައްގީ ކުރުމުށް 5.3 ބިލިއަން ރުފިޔާގެ މި ޕްރޮޖެކްޓް 2016 ފެއްޓެވީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ. 2019އަށް ނިންމަން އޭރު ކަނޑައަޅާފައި އޮތް ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ހުއްޓިފައި އޮވެފައި އަލުން އަނެއްކާވެސް 2019 ގެއި މަސައްކަތް ފެށުނީ 2022 އަށް ނިންމަން ކަންޑައަޅައިގެންނެވެ. އެހެންނަމަވެސް އެއަހަރު ވެރިކަން ބަދަލުވެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި މަސައްކަތް ދިޔައީ އާދަޔާ ހިލާފައް ލަސްކޮށެވެ. ރައިސް ޑ.ރ. މުއިއްޒު ވެރިކަމާ ހަވާލުވީއިރު ޓާރމިނަލްގެ 40 އިންސައްތަވެސް ނުނިމެެއެވެ.
އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ މި ޓާމިނަލް ނިންމޭނެ ކަމަށް ކުރިން މި ސަރުކާރުން ލަފާކޮއްފައި އޮތީ 2025 އަށެވެ. މި މަޝްރޫއަށް މިހާތަނަށް ސައޫދީ ފަންޑުން 99.8 މިލިއަން ޑޮލަރު، ކުވޭތު ފަންޑުން 97.6 މިލިއަން ޑޮލަރު، އޯޕެކް ފަންޑުން 50 މިލިއަން ޑޮލަރު އަދި އަބޫ ދާބީ ފަންޑުން 50 މިލިއަން ޑޮލަރު ސަރުކާރުން ނަގާފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0