އާ ދިރާސާއަކުން: މައިގްރެއިން އިން އިންފްލެމެޓަރީ ބަވަލް ޑިޒީޒް ޖެހުމުގެ ފުރުސަތު އިތުރުވެދާނެއެވެ.
4 އެޕްރީލު 2024
0
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1 ބިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮންމެ އަހަރަކު މަދުވެގެން އެއްފަހަރު މައިގްރެއިން އެޓޭކް ޖެހެ އެވެ.
މީގެ ކުރިން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި މައިގްރެއިން ޖެހުމަކީ ސިއްހީ އިތުރު މައްސަލަތަކުގެ ނުރައްކާ އިތުރުވެދާނެ ކަމެކެވެ. އޭގެތެރެއިން ގޭސްޓްރޯއިންޓެސްޓިނަލް ސިއްހީ މައްސަލަތައް ހިމެނެއެވެ. އަދި ސައުތް ކޮރެއާގެ ނޭޝަނަލް ޔުނިވާސިޓީ ކޮލެޖް އޮފް މެޑިސިންއިން ކުރި އާ ދިރާސާއަކުން ބުނާ ގޮތުގައި މައިގްރެއިން އިން އިންފްލެމެޓަރީ ބަވަލް ޑިޒީޒް (އައިބީޑީ) ޖެހުމުގެ ނުރައްކާ އިތުރުވުމާ ވެސް ގުޅުން އޮވެދާނެ އެވެ.
މިހާރު ކުރިއަށްދާ ދިރާސާއަށް ދިރާސާވެރިން ވަނީ ދެކުނު ކޮރެއާގެ ރައްޔިތުންނަށް މުޅި ގައުމުގެ ސިއްހީ ހިދުމަތްދޭ ނިޒާމު މެދުވެރިކޮށް 10 މިލިއަނަށް ވުރެ ގިނަ މީހުންގެ ޑޭޓާ ތަހުލީލުކޮށްފަ އެވެ. ދިރާސާގެ އާބާދީގެ ގާތްގަނޑަކަށް %3 މީހުންނަށް އައިބީޑީ ހުއްޓެވެ.
މި ޑޭޓާ މެދުވެރިކޮށް ސައިންސްވެރިން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި މައިގްރެއިން ޖެހިފައިވާ މީހުންނަށް އައިބީޑީ ޖެހުމުގެ ފުރުސަތު އިތުރުވެ އެވެ.
މި ހޯދުންތަކަށް ބިނާކޮށް ދިރާސާ ޓީމުން ލަފާދެނީ މައިގްރެއިން ޖެހިފައިވާ މީހުން، އައިބީޑީ ޖެހިފައިތޯ މޮނިޓަރކޮށް ބެލުމަށެވެ.
އައިބީޑީގެ ސަބަބުތަކާއި ފަރުވާތަކާ ބެހޭ ގޮތުން މިހާރު ކުރެވެމުންދާ ދިރާސާތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް https://www.medicalnewstoday.com/articles/migraine-increased-risk-of-ibd-inflammatory-bowel-disease-study#Future-research-avenues-for-treatments
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0