ފޮޓޯ: ރައީސް އޮފީސް
8 ފެބުރުވަރީ 2025
0
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި ވެރިކަންކުރާ ޕީއެންސީއަށް 33 ގޮނޑި ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕީއެންސީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ރައީސް މުއިއްޒު ވިދާޅުވީ މިއަދު ލޯކަލް ކައުންސިލް ތަކުގެ ބައި އިލެކްޝަންގައި ބާއްވަން ކަނޑައެޅި 37 ގޮނޑީގެ ތެރެއިން އިންތިހަބަކާ ނުލައި 24 ގޮނޑި އެ ޕާޓީއަށް ލިބުމާއި އިންތިހާބު ބާއްވައިގެން 9 ގޮނޑި ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ އަތޮޅު ކައުންސިލް ރައީސްކަމުގެ 1 ގޮނޑި، ރަށު ކައުންސިލް ރައީސްކަމުގެ 1 ގޮނޑި، ރަށު ކައުންސިލް މެމްބަރުކަމުގެ 2 ގޮނޑި، އަންހެނުންގެ ތަަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ 29 ގޮނޑި މިއަދު ޕީއެންސީން ވަނީ ކާމިޔާބުކޮށްފައި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ކުރެއްވި ޕޯސްޓުގައި ވަނީ އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވައި އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތްކުރި ފަރާތްތަކާއި ވޯޓުގައި ބައިވެރިވި މީހުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
0%
0%
0%
0%
0%
18 ފެބުރުވަރީ 2025
0
17 ފެބުރުވަރީ 2025
0
16 ފެބުރުވަރީ 2025
0
14 ފެބުރުވަރީ 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0