ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
22 ޖަނަވަރީ 2025
0
ރ. ރަސްމާދޫގައި އިސްކަމެއް ދީގެން ހައުސިން ހައުސިން ޔުނިޓު މަޝްރޫއެއް ކުރިއަށް ގެންދާނެކަމަށް ރައީސުލްޖުމްހޫރީއްޔާ ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.
ރައީސް މިހެން ވިދާޅުވީ ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރަސްމާދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކަމަށާއި ކުދި ތަންތަނުގައި އާއިލާތައް އުޅެން ޖެހުމުން ހީނުކުރާ ކަހަލަ މައްސަލަތަކެއް ކުރިމަތިވާ ކަމަށެވެ.
އެހެންކަމުން އެމަނިކުފާނުގެ މެނިފެސްޓޯގައި އެކަން ހިމެނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވަނީ އެރަށުގައި ދެވަނަ އަށް އެންމެ ބޮޑު އިސްކަމެއް ދޭނީ ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއަށް ދިމާވެފައި ހުރި ދަތިތައް ހައްލުކޮށްދިނުމަށް ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން، ރަސްމާދޫގައި އަޅާ ތިން ފަންގިފިލާގެ ސުކޫލު އިމާރާތުގެ މަސައްކަތް ނިމުމުން ވަރަށް ގިނަ ކަންކަން ހައްލުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިހާރަށް ވުރެ އަވަހަށް އެ މަޝްރޫއު ނިންމައިދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
0%
0%
0%
0%
0%
18 ފެބުރުވަރީ 2025
0
17 ފެބުރުވަރީ 2025
0
16 ފެބުރުވަރީ 2025
0
14 ފެބުރުވަރީ 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0