27 ޖަނަވަރީ 2025
0
ފައިސާގެ މުއާމަލާތްކުރާ އެކައުންޓުގެ ވެރިފަރާތް ދެނެގަތުމަށް ބޭނުންކުރާ އޮތެންޓިކޭޝަން މެތަޑްގެ އާ ބާވަތެއް ކަމަށްވާ 'ފްލޭޝް ކޯލް' މެދުވެރިކޮށް ސްކޭމްކުރަމުންދާތީ، ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ އޯޓީޕީ އޮތެންޓިކޭޝަން މެތަޑްގެ ބަދަލުގައި މިހާރު ބައެއް ކުންފުނިތަކުން ފްލެޝް ކޯލް އޮތެންޓިކޭޝަން ޓެކްނޮލޮޖީ ބޭނުންކުރުން ފަށާފައިވާކަމަށެވެ.
އަދި އެއީ އޯޓީޕީއަށްވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު އޮތަންޓިކޭޝަން މެތަޑެއް ކަމަަށް ބުނި ނަމަވެސް ފްލޭޝް ކޯލްސްއަކީ ކީއްކުރާ، ކޮންގޮތަކަށް މަސައްކަތްކުރާ އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގުމުގެ ސަބަބުން ފްލޭޝް ކޯލް ސްކޭމްގެ ޝިކާރައަކަށް ވަމުންދާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވާކަން ފުލުހުން ފާހަގަކޮށްފައި ވެއެވެ.
ފްލޭޝް ކޯލްސްއަކީ ފޯން ކޯލެއްގެ ޒަރިއްޔާއިން އަންނަ އޮތަންޓިކޭޝަން ޓެކްނޮލޮޖީއެއް ކަމަށް ފުލުހުން ބުންޏެވެ. އަދި ފްލޭޝް ކޯލްސް އަގުހެޔޮވެފައި އަވަސްވުމުގެ އިތުރުން މި ކޯލަކީ ކަސްޓަމަރުގެ ފޯނަށް ޚިދުމަތްދޭ ކުންފުނިން ކުރާ ފޯން ކޯލެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ގުޅާ ނަންބަރު ނުވަތަ މިސް ކޯލް ލިބޭ ނަންބަރުގެ ފަހު އަކުރުތަކަކީ އޮތަންޓިކޭޝަން ކޯޑު ކަމަށާއި މި ކޯޑު އިތުރު އެއްވެސް ފަރާތަކާ ހިއްސާކޮށްފިނަމަ އެ ހިއްސާކުރެވެނީ ހަމަ އޯޓީޕީއާ އެއްވަރުގެ ކޯޑެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ ސަބަބުން ސްކޭމްކުރަން ގެންގުޅޭ އުކުޅުތައްވެސް ބަދަލުކޮށްފައި ވާކަމަށާއި އެކިއެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފްލޭޝް ކޯލްގެ ނަންބަރު ހޯދައި އެކައުންޓުތައް ހިސޯރުކުރަން ފަށާފައި ވާކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން ފޯނަށް ލިބޭ ކޯޑެއްގެ އިތުރުން ގުޅާފައި އޮންނަ ނަންބަރު އަދި މިސްކޯލެއް ލިބިފައި އޮތް ނަންބަރެއް ވެސް ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
0%
0%
0%
0%
0%
18 ފެބުރުވަރީ 2025
0
17 ފެބުރުވަރީ 2025
0
16 ފެބުރުވަރީ 2025
0
14 ފެބުރުވަރީ 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0