ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު - ފޮޓޯ: ރައީސް އޮފީސް
28 އޮކްޓޫބަރު 2024
0
ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތުގެ 45.82 ޕަސެންޓު މިހާރު ނިމިފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބްރިޖްގެ މަސައްކަތުގެ ތަނބުތަކުގެ ޕައިލިން މަސައްކަތުގެ 79.5 ޕަސެންޓު ނިމިފައި ވާކަމަށެވެ. އަދި ޕްރީކާސްޓު ސެގްމަންޓު 43.5 ޕަސެންޓާއި ޕައިލް ކެޕްގެ މަސައްކަތް 67.8 ޕަސެންޓުގެ އިތުރުން ޕިއާ ކޮމްޕްލެކްސް 62.2 ޕަސެންޓު ނިމިފައިވާ ކަމަށެވެ.
ނަމަވެސް މަސައްކަތް ލަސްކުރުމަށް އެފްކޮންސްއިން އެކިއެކި ބަހަނާތައް ދައްކަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އެގޮތުން މޫސުމީ ކަންކަމާއި ކަނޑު ގަދަވުން ފަދަ ކަންކަމާ ގުޅުވައި ބައެއް މުހިންމު މަަސައްކަތްތައް އެފްކޮންސްއިން ލަސްކުރާކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެ ބަހަނާތަކަކީ ސަރުކާރުން ގަބޫލުކުރާ ކަންތައްތަކެއް ނޫންކަން ކޮންޓްރެކްޓަރުންނަށް އަންގަފައިވާ ކަމަށެވެ. އަދި މަސައްކަތް ލަސްކުރުމަށް އިތުރު މުއްދަތެއް ނުދެވޭނެކަމަށްވެސް އަންގާފައި ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންކަމުން އެކަމުގެ ކަންބޮޑުވުންތައް ކޮންޓްރެކްޓަރުންނާ ހިއްސާކޮށް ބައްދަލުވުންތައް ބާއްވަމުން އަންނަކަމަށާއި، އަދިވެސް ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ދާނެކަމުގެ އުންމީދު އެބައޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
0%
0%
0%
0%
0%
18 ފެބުރުވަރީ 2025
0
17 ފެބުރުވަރީ 2025
0
16 ފެބުރުވަރީ 2025
0
14 ފެބުރުވަރީ 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0