ހުޅުމާލޭގައި ކަރަންޓް ކޭބަލް އަދި ޓްރާންސްފޯމަރ ވައްކަމުގެ މައްސަލަ ބޮޑުވުން

Hulhumale’ gai karantu cable adhi transformer vakkamuge massala boduvun

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބެހެއްޓިފައި ހުންނަ ޓްރާންސްފޯމަރެއް

 

މިފަހަކަށް އައިސް ހުޅުމާލޭގައި ދަނީ ވައްކަމުގެ އައު ‘ޓްރެންޑެއް’ އުފެދެމުންނެވެ. މަގުމަތީ ފޮށިތަކުން ގެތަކަށް އަޅައިފައި އޮންނަ ކަރަންޓު ކޭބަލްތަކާއި ޓްރާންސްފޯމަރުތައް ވަގަށް ނެގުން މިއީ ވަގުންނަށް މާ ‘ފައްކާ’ ކަމަކަށް ވަނީ ވެފައެވެ. މި ފީކަޅާ ޢަމަލުގެ ސަބަބުން ދައުލަތަށާއި އެތަކެއް އާންމުންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުމާއި އެކު މުޖްތަމަޢުގެ ސަލާމަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެއެވެ. ހަމަ އެއާ އެކު ހުޅުމާލޭގެ ރަށްވެހިންގެ ދިރިއުޅުމަށާއި ވިޔަފާރިތަކަށް، ބުރު އަރާހެން އިރުއިރުކޮޅާ ރަށުގެ އެކި ސަރަހައްދު ތަކުން ކަރަންޓު ކެނޑުމުގެ އަސްލަކީވެސް މިފަދަ ވައްކަންތަކެވެ.

 

މި ވައްކަންތައް ހިނގަނީ ޓްރާންސްފޯމަރުތަކުގެ ކޭބަލްތަކާއި ކޮމްޕޯނެންޓްތަކުގައި ހިމެނޭ ‘ލޮއެ’ ކޮޅުގެ ބޭނުމުގައި ކަމަށް ބެލެވެއެވެ. ލޮޔަކީ ބާ ދަގަނޑު މާކެޓުގައި ވަރަށް ގިނަ ބަޔަކު ބޭނުންވާ އަގު ބޮޑު މާއްދާއެއް ކަމުން، ވަގުންނަށް މިއީ އަވަސް ފައިސާކޮޅެއް ހޯދުމަށް ރަނުގެ ފުރުސަތެކެވެ.

 

މޯޑަސް އޮޕަރަންޑީ: 

 

‘ކޭބަލް ވަގުން” މިކަން ކުރާއިރު ފުރަތަމަ ބަލާ ކަމަކީ މީހުންނާ ދުރު، ސެކިއުރިޓީ ދަށް ސަރަހައްދުތަކުގައި ހުންނަ ކަރަންޓު ‘ގެ’ ތަކާއި، ކަރަންޓު ފޮށިތަށް ފާހަގަ ކުރުމެވެ. މިކަން ކޮށް ނިމުމުން، ދެން ބަލަނީ އެ ތަނެއްގެ ކައިރީގައި ވަގަށް ނަގާ ތަކެތި ރައްކާ ކުރެވޭނެ ނިވާގަނޑެއް ނުވަތަ ފަޅު ގެއެއް ހުރޭތޯއެވެ. ދެން ބަލަނީ، އެ ސަރަހައްދެއްގައި މީހުން އުޅޭ ނަމަ، މީހުން އެތަނަކާ ކައިރީގައި އުޅޭ ވަގުތު ތަކާއި މޫވްމެންޓް އަށެވެ. މި ހުރިހާ ކަމެއް ފާހަގަކޮށް ނިމުމުން، ދެން އޮތީ ޓެސްޓު ރައުންޑެވެ. އެއީ، ހަމަލާ ދޭން ބޭނުންވާ ފޮއްޓަކުން، ނުވަތަ ކަރަންޓު ގެ އަކުން ކަރަންޓު ދިޔުމުން އެތަނަށް މީހުން އަންނަ ވަގުތު ބެލުމަށް، އެތަނަކުން ކަރަންޓު ދުއްވާލުމެވެ. ބޭނުންވާ ފަދަ ރެސްޕޮންސެއް އައުމުން، އެ ވީ ، “ގެޓް އަވޭ ޓީމް” ހަމަޖައްސައި، ބާ ދަގަނޑު ސޭޓާ ވާހަކަ ދައްކައި، ވައްކަން ކުރާނެ ދުވަހެއް ކަނޑައަޅާށެވެ.

 

ބާދަގަނޑު ސޭޓުން: 

 

ނުހަނު ވަރުގަދަޔަށް ރޭވިގެން ކުރެވޭ ކޭބަލް ވައްކަމުގައި ބާދަގަނޑު ސޭޓުންގެ ހިއްސާ ވަކި ކުޑައެއް ނޫނެވެ. ގައިމު ބަޔަކު ވައްކަން ކުރާނީ އެ ވިއްކޭތީ ތާއެވެ. “ކޭބަލް  ވަގުން” ކޭބަލާ ޓްރާންސްފޯމަރުތައް ވަގަށް ނަގައިގެން ކިރަން ދާއިރު، ބާދަގަނޑު ކިރާ ތަނުގައި ތިބޭ މީހުންނަށް މި ތަކެއްޗަކީ ވައްކަން ކޮއްގެން ގެނެވުނު އެއްޗެހިކަން ކަނޑައެޅިގެން އިނގެއެވެ. މިކަން ދަނެތިބެ މިތަކެތި ގަންނަނީ، ގިނަފަހަރަށް  ވައްކަން ކޮށްގެން އަންނަ މީހާ އަކީ މަސްތުވާ ތަކެތީގެ ޝިކާރައަކަށް ވެފައި ތިބޭ ބައަކަށް ވުމާއެކު، ހަމަ އަގު ނުދީ ގަނެވޭނެކަން އިނގޭތީއެވެ. ވައްކަން ކުރާ މީހާ އަށް މަސްތުވެވޭނެ ވަރު ދިނީމާ މާދަމާވެސް ހައެއްކަ ކިލޯ ލޮއެ ނަރު ގެންނާނެކަން އިނގޭތީއެވެ. ސޭޓަށް ކިހާ ރަނގަޅު ހެއްޔެވެ. އޭނާގެ ދަގަނޑު ބޯޓު އެ އޮތީ އޭނާގެ ރަށަށް ފުރަން ތައްޔާރަށް ވިއްޔާއެވެ. އާއެކެވެ. މިއަދުގެ ގިން ބާދަގަނޑު ބޮޑުސޭޓުންނަކީ އަވައްޓެރި އިންޑިއާގެ މީހުންނެވެ.

 

މިކަން ހައްލު ކުރާނީ ކިހިނެއް؟

 

މިފަދަ ވައްކަންތަކުގެ ސަބަބުން ލިބޭ ގެއްލުމަކީ ހަމައެކަނި މާލީ ގެއްލުން އެކަންޏެއް ނޫނެވެ. މުޖްތަމަޢުގެ އިޖްތިމާޢީ ފޭރާމަށާއި، މީހުންގެ ދިރިއުޅުމަާ ފުރާނައަށްވެސް މި ވައްކަންތަކުގެ ސަބަބުން އަސަރު ކުރެއެވެ.

ދޭދޭ ދިވެހި ފަރުދުން އެކަކު އަނެކަކާ ތަޅާފޮޅާންޖެހި، ފިރިމީހާ މަސްތުވާ ތަކެތި ބޭނުންކުރާތީ އާއިލާ ރޫޅި ދަރިން ބިކަވެ، ޕީސްކޮޅު ހޯދަން ހައި ވޯލްޓޭޖް ޓްރާންސްފޯމަރާ ކުޅެން ހަދައިގެން މަރުވީ ކިތަށް ކިތަށް މީހުންތޯ ބަލައިލުންވެސް މުހިންމެވެ.

 

އެހެންކަމުން، ކޭބަލް ވައްކަން ހުއްޓުވުމަށް ހަރުދަނާ ޤާނޫނުތައް ހެދި، ބާދަގަނޑުގެ ވިޔަފާރިތަކަކީ ދިވެހިން ކޮންޓްރޯލް ކުރާ، ދިވެހިވަންތަ ހަމަތަކުގެ މަތިން ހިނގާ ވިޔަފާރިތަކެއްކަން ކަށަވަރު ކުރުމަކީ މިއަދު އަޅުގަނޑުމެންނަށް ޖެހިފައިވާ ކަމެކެވެ. އަދި، މި ވައްކަން ތަކުގައި އުޅެނީ މަސްތުވާ ތަކެތީގެ ޝިކާރައަކަށް ވެފައިވާ ދިވެހި ދަރީންނަށް ވުމާއެކު، އެ މީހުން އެ ވަބާއިން ސަލާމަތް ކުރުމަށްޓަކައި، ދައުލަތުގެ ފެންވަރުގައްޔާ ފަރުދީ ފެންވަރުގައި އެންމެން އަތްކުރި އޮޅާލައި ތެދުވެގެން މެނުވީ، މިފަދަ ވައްކަމާއި ކުށްތައް ނުހުއްޓުވޭނެ ކަން އެއީ ޝައްކެއް ނެތް މިންވަރަށް ޔަގީންވާ ކަމެކެވެ.

 

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Smile
Smile

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Anehkaaves MDP ghe membarunthakeh raa fulhi genghulhey vedio eh leak vejje

އަނެއްކާވެސް އެމްޑީޕީ ގެ މެމްބަރުންތަކެއް ރާ ފުޅި ގެންގުޅޭ ވީޑިއޯއެއް ލީކުވެއްޖެ

0

ibrahim Wins Parliamentary Seat for Mahchangolhi Uthuru in the 20th Maldivian Parliament

މައްޗަންގޮޅީ އުތުރަށް އިއްބެ ޖަނާބު އިންތިޚާބު ވެއްޖެ.

0

Baby walker, kudakudhinna huri nurahkaleh.

ބޭބީ ވޯކަރ، ކުޑަކުދިންނަށް ހުރިނުރައްކަލެ.

0