”އިޖްތިމާޢީ ފޭރާން“ މުހިންމުތަ؟

“Ijthimaaee feyraan” muhinmutha?

ފޮޓޯ: ގޫގުލް

އިޖްތިމާޢީ ފޭރާމުގެ ވާހަކަ އަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ކަންފަތާ ރައްޓަހި ވާހަކަ ތަކެކެވެ.

އިޖްތިމާޢީ ފޭރާމުގެ މުހިންމުކަން އެއްފަރާތެއްގައި ބާއްވާފައި، ’އިޖްތިމާޢީ ފޭރާން‘ މި ބަހުގެ މުރާދު ނުވަތަ އެއިން ދޭހަވާ މާނަވެސް އަޅުގަނޑުމެންނަށް މިއަދަކު ނޭނގެއެވެ.

އަބަދުވެސް އިވެނީ މިކިޔާ ފޭރާމެއް ވީދިފައި އޮތް ވާހަކައާއި މިފޭރާން ވަރުގަދަ ކުރަންޖެހޭ ވާހަކައެވެ.

އިޖްތިމާޢީ ފޭރާމަކީ ކޮބާ؟

އިޖްތިމާޢީ ފޭރާމަކީ މުޖްތަމަޢެއް ބިނާވުމުގެ އަސާސްތަކުގެ މައްޗަށް ގެތިގެން އަންނަ ގުޅުންތަކާއި، ސަގާފަތާއި، އެބައެއްގެ މެދުގައި ހިފަހައްޓާ އަޚުލާޤީ މިންގަނޑުތަކާއި، އެބައެއް  ގަބޫލުކުރާ ދީނީ އުސޫލުތަކަށް ދޭ ޤަދަރު އޮންނަ ހާލަތެއް ބަޔާން ކޮށްދިނުމަށް ބޭނުންކުރާ ބަހެކެވެ.

އިޖްތިމާޢީ ފޭރާމެއް ވީދި ހީނަރުވަނީ، މުޖްތަމަޢެއްގެ ފަރުދުން މިދެންނެވުނު ކަންކަމާ ދުރުވެ، އެބައެއްގެ އެއްބައެ ވަންތަކަން ހިފެހެއްޓުމުގެ ވިސްނުން ގެއްލުމުންނެވެ.

އަދި، އިޖްތިމާޢީ ފޭރާމެއް ވަރުގަދަވަނީ، އެ ބައެއްގެ މެދުގައި ގެންގުޅޭ އުސޫލުތަކާއި ގުޅުންތައް ވަރުގަދަވެ، އެ ބައެއް ރަމްޒުކޮށްދޭ އަސާސްތައް ރައްކާތެރި ކުރުމުގެ ވިސްނުން ވަރުގަދަ ވީވަރަކުންނެވެ.

 

އިޖްތިމާޢީ ފޭރާމުގެ މުހިންމުކަމަކީ ކޮބާ؟

އިޖްތިމާޢީ ފޭރާން ރައްކާތެރި ކުރުމަށްޓަކައި ތިމާމީހާ ހިތްއެދޭ ކަންކަމުން ދުރުހެލިވާން ޖެހިދާނެއެވެ. މީގެ 20 ސަކަށް 30 ހަކަށް އަހަރު ކުރިޔަށް ނަޒަރު ހިންގާލާއިރު، ދިވެހިންނަކީ ފިސާރި އިޖްތިމާޢީ ފޭރާން ވަރުގަދަކޮށް އޮތް ބައެކެވެ. ތިމާމީހާގެ ރަށުގައި ތިމާއަށް ފުރިހަމަ ރައްކާތެރިކަން އޮވެއެވެ. ވައްކަމާ ޓެކުމާއި ފޭރުން މަދެވެ. ހައިހޫނު ކަމުގައި ނިދަންޖެހޭ މީހަކު މަދެވެ. އަވަށްޓެރި ގޭގެ ބަދިގޭގައި ތެލީ ފޫކަހާލާ އަޑު އިވިއްޖެނަމަ ތިމާގެ ގޭގައިހުރި ތެލިން ބަތްކޮޅެއް އެގެޔަށް ދިއްކޮށްލާނެއެވެ.

އިޖްތިމާޢީ ފޭރާން ވަރުގަދަކޮށް، ރައްކާތެރި ކުރުމުގެ މުހިންމު ކަމަކީ މިއީއެވެ.

ޤައުމެއްގެ އެންމެހައި ވެހީންނަށް ރައްކާތެެރިކަމާ އުފާ ފާގަތިކަމާއި އަދުލު އިންސާފު ޔަގީން ކޮށްދޭނެ އެއްޗަކީ ހަމަ މިފޭރާމަށް ވާތީއެވެ.

މުޖްތަމައެއް އުފެދިގެން އަންނަ ގޮތަށް ބަލައިލަމާތޯއެވެ. މުޖްތަމައެއް އުފެދިގެން އަންނަނީ، އެކީ އެއް ރަށެއްގައި ދިރިއުޅޭ ބައިވަރު ބޮޑެތި އާއިލާތަކެއްގެ މައްޗަށެވެ. އެ އާއިލާތައް، ދެމަފިރިޔަކާ ދަރީން އެކުލެވޭ ކުދި އާއިލާ ތަކެއްގެ މައްޗަށެވެ. ކުދި އާއިލާ، ހަމަ އެންމެ އަންހެނަކާއި ފިރިހެނެއްގެ މައްޗަށެވެ.

މިއިން އަންގައިދެނީ، މުޖްތަމައެއްގެ މިސްރާބު ކަނޑައަޅާނީ ވަކި ވަކި ފަރުދުން ކަމެވެ. މުހައްމަދާ އަހްމަދާ ހައްވަޔާ އައިމިނަތު ކަމެވެ. މުޖްތަމާގެ ކާމިޔާބީ ނުވަތަ ހަލާކުވެސް އޮތީ ހަމަ އެ ފަރުދުން ދިބި ގޮތެއްގެ މައްޗަށް ކަމެވެ.

ކުރިންވެސް ދެންނެވުނު ފަދައިން، މުޖްތަމާ އަކީ ރަށެއްގައި އުޅޭ އެންމެންގެ މައްޗަށް އެކުލެވޭ އެއްޗެކެވެ. އޭގެ އެތެރޭގައި އޮންނަނީ އާއިލާ ތަކާއި، އަދި އެކި ކަންކަމުގައި ހެދޭ ޖަމާއަތް ތަކެވެ. އޭގެ ބޭރުން، އެޔަށް ވުރެން ބޮޑުކޮށް އޮންނަނީ އެބައެއްގެ ޤައުމެވެ.

އާދޭހެވެ! ޤައުމުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރެވޭނީ މުޖްތަމައެއްގެ ތެރޭ އޮންނަަ އެއްބައިވަންތަ ކަމާ އަޚްލާގީ މިންގަނޑުތަކާ ސުލޫކާއި ދީން ރައްކާތެރި ކުރެވިގެންނެވެ. އިޖްތިމާޢީ ފޭރާން ރައްކާތެެި ކުރެވިގެންނެޗެ.

އެހެންކަމުން، އަޅުގަނޑުމެންނަށް މިއަދު މިވަނީ އަޅުގަނޑުމެންގެ އިޖްތިމާޢީ ފޭރާން ކޮށްދެމުން އައި ހިޔަލުގެ އަގުވަޒަންކުރަން ކޮންމެހެންވެސް ޖެހިފައެވެ. އަޅުގަނޑުމެންގެ އަތުން މިފޭރާމުގައި އެޅި ބާގަނޑުތަކުތެރޭން އަންނަ އަޒާބުގެ ދޯދީގެ ރަހަ އަރުތެރޭގައި އަންނަނީ ގަދަވަމުންނެވެ. ރޭގަނޑުގެ ހަމަ ނިދި ނިދާނުލެވެއެވެ. މަގުމަތީގައި އަމާން ކަމެއް ނެތެވެ. މާމައެއް ކާފައެއްގެ އަގެއް ނެތެވެ. އެއްބަނޑު އެއްބަފާ ކަން އެއީ ކޯއްޗެއްކަން މިވަނީ ހަނދާންނެތިފައެވެ. ރަށަށް ވާނެ އެއްޗެއް ވެދާނަ ނޫންހެއްޔެވެ. ޤައުމު ވިއްކާލިޔަސް، އަޅުވެތިވިޔަސް މަށަށް މަގޭ ކޮފީ ޖަހާލެވޭނެ ނޫން ހެއްޔެވެ. 

ފަރުދުންގެ ދިރިއުޅުމުން ހަމަޖެހުން ގެއްލުނީއެވެ. ވައްކަމާ ފޭރުން އިތުރުވީއެވެ. އޮޅުވާލާ މަކަރު ހެދުން އިންތިހާއެވެ. ޒުވާބާ މާރަމާރީ އިތުރުވީ އެވެ. މީހުންގެ ފުރާނައިގެ އަގު ގެއްލުނީއެވެ. ރަށެއް ވިއްޔާ ހަލަބޮލި ވީއެވެ. ސިހުރު ހާހޫރަ މެކުހަށެވެ. އަމަން އަމާންކަން ގެއްލުނީއެވެ. އެންމެ ފަހުން ޤައުމު ބަޔަކަށް ވިއްކާލި އިރުވެސް އަޅުގަނޑުމެން މިތިބީ އަތް ޖަހާށެވެ.

މިއީ އިޖްތިމާޢީ ފޭރާން ވީދެން ދޫކޮށްލުމުގެ އަގެވެ. ދިރިއުޅުމުގެ އަމާން ކަމާއި، ޤައުމުގެ އިސްތިޤްލާލެވެ. މި ފޭރާން ރައްކާތެެރިކޮށް ވަރުގަދަކުރަން ޖެހެނީ ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައެވެ.

ލިޔުން ޙިއްސާ ކުރައްވާ

1 ކޮމެންޓްސް, 0 ރިއެކްޝަންސް

Smile
Smile

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

ކޮމެންޓްތައް

ޒަމީރު

8 އެޕްރީލު 2024

ފުރިހަމަ ލިޔުންކޮޅެއް!!!

މަގުބޫލް ލިޔުންތައް

Anehkaaves MDP ghe membarunthakeh raa fulhi genghulhey vedio eh leak vejje

އަނެއްކާވެސް އެމްޑީޕީ ގެ މެމްބަރުންތަކެއް ރާ ފުޅި ގެންގުޅޭ ވީޑިއޯއެއް ލީކުވެއްޖެ

0

ibrahim Wins Parliamentary Seat for Mahchangolhi Uthuru in the 20th Maldivian Parliament

މައްޗަންގޮޅީ އުތުރަށް އިއްބެ ޖަނާބު އިންތިޚާބު ވެއްޖެ.

0

Baby walker, kudakudhinna huri nurahkaleh.

ބޭބީ ވޯކަރ، ކުޑަކުދިންނަށް ހުރިނުރައްކަލެ.

0