16 އެޕްރީލު 2024
0
ދިވެހިރާއްޖޭގައި ކުރުނބަލުގެ އަގު އެހާ ބޮޑީ ކީވެ؟
ކުރުނބަލަކީ ދިވެހީންގެ ސުފުރާމަތި އެއާ ނުލައި ފުރިހަމަ ނުވާނޭ ފަދަ ބުއިމެކެވެ، ކުޑަކުދީންގެ ހެދި ބޮނޑުވުމަށާއި، ބަލިތަކުން އަރައިގަތުމަށާއި، މާ ބަނޑު އަންހެނުންގެ މޭހޮޔޮ ކުރަން ވެސް ދިވެހިން ބޭނުން ކޮއް އުޅޭ ބުއިމެކެވެ. މިއާއި އެކު ސިއްހަތަށް ވެސް ނުހަނު ގިނަ ފައިދާތައް އެކުލެވޭ އެއްޗެކެވެ. ދިވެހިންގެ އަމިއްލަ ފަސްގަނޑުގައި ދިވެހި ރުއްގަސް ހައްދައިގެން ނުހަނު ގިނައިން ލިބެން ހުރި ތިޔާގި މޭވާއެކެވެ. ދިވެހިރާއްޖޭގައި ދިވެހި ރުއްގަހެއް ނުހުންނާނޭ ރަށެއް ނެތޭ ބުނުމަކީ ވެސް ދޮގެއް ނޫންމެއެވެ.
ކަން މިހެން ހުރުމާއެކުވެސް މިހަާރަކަށް އައިސް ފެނިގެން ދަނީ ކަންބޮޑުވާ ފަދަ މަންޒަރުތަކެކެވެ. ދިވެހިންނަށް ކުރުނބާ ވިއްކަން ތިބެނީވެސް ބިދޭސީންނެވެ، ނުހަނު ބޮނޑު އަގުގައިއެވެ. އަގު އެހާ ބޮޑީ ކީވެތޯ ސުވާލު ކޮށްލުމުން "އެއީ މިހާރު ކުރުނބާ ލިބެން ނެތުމުން" ކަމަށް ޖަވާބު ގައި ބުންޔެވެ. އެކަމަކު އެހެނަކުންވާނީ ކިހިނެތްތޯއެވެ ؟ މި މުޅި ދިވެހިރާއްޖެއިން ކުރުނބާ ހުސްވީތޯއެވެ ؟ ކަން އޮތީ އެހެނަކުން ނޫނެވެ، ދިވެހި ރުއްގަސް އިންތިހާއަށް ގިނައެވެ، ނަމަވެސް އެތަކެތި ބެލެހެއްޓުން ތެރިން މަދީއެވެ. ރަށްތަކާއި ފަޅު ރަށްތަކުގައި ހަލާކުވާން ދޫކޮށްލައިފައި އޮތީއެވެ.
ދުވަހުން ދުވަހަކަށް އެތެރެ ކުރެވޭ ކައިބޮއި ތަކެތި އަންނަނީ އިތުރުވަމުންނެވެ، އަގުވެސް އަންނަނީ ބޮޑު ވަމުންނެވެ، އަދި އަމިއްލަ ފަސްގަނޑުން ލިބެން ހުންނައް ގުދުރަތީ މުއްސަނދި ކަމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ނުހިފައިފި ނަމަ ކުރުނބާ ވެސް އެތެރެ ކުރަން ޖެހިދާނޭ ދުވަސް މާކަށް ދުރެއް ނުމެ ނޫންމެއެވެ.
0%
0%
0%
0%
0%
21 އެޕްރީލު 2024
1
8 އެޕްރީލު 2024
1
6 އެޕްރީލު 2024
0
2 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0