14 އެޕްރީލު 2024
0
ރޭގެ ވަގުތެއްގައި އިރާނުން އިސްރާއިލަށް ފޮނުވާލި ވަރުގަދަ ހަމަލާތަކުގައި ކާމިޔާބު ކަމާއެކު އިސްރާއިލްގެ ތެރައަށް ފޯރީ 7 ބެލެސްޓިކް މިސައިލްކަން އިސްރާއީލްގެ ސަރުކާރުން ފާހަގަ ކޮއްފިއެވެ.
185 ކަމިކާޒީ ޑްރޯންސްގެތެރެން ހުރިހާ ޑްރޯނެއް އިސްރާއީލުން ވަނީ ވައްޓާލާފައެވެ. ފޮނުވާލި 36 ކުރޫޒް މިސައިލްސްގެ ހުރީހާ މިސައިލެއްވެސް ވަނީ އިޒްރޭލުގެ އެއާރ ޑިފެންސް ސިސްޓަމުން ހަމަލާދީ ވައްޓާލާފައެވެ. އިސްރާއީލްގެ އެތެރެއަށް ފޯރީ ހަމައެކަނި ފޮނުވާލި 110 ބެލެސްޓިކް މިސައިސްގެ ތެރެއިން 7 މިސައިލްސް އެކަންޏެވެ. މި ޑްރޯންތަކާ އަދި މިސައިސްތައް ހުއްޓުވަން ގާތްގަންޑަކަށް 1.1 ބިލިއަން ޑޮލަރު ހޭދާވާނެކަމަށް ބެލެވެއެވެ. އަދި އިރާނުން ހަމަލާގަ ބޭނުންކުރި ހުރިހާ ހަތިޔާރެއްގެ ޖުމްލަ އަގު ކަމަށް ލަފާކުރެވެނީ އެންމެ ގިނަވެގެންވެސް 62 މިލިއަން ޑޮލަރުގެ އަދަދެކެވެ.
އިސްރާއީލްގެ އެއާރ ޑިފެންސް ސިސްޓަމަކީ މިފަދަ ޑްރޯންތައް ފަސޭހަ ކަމާއެކު ހުއްޓުވާ ވައްޓާލުމުގެ ގާބިލުކަން ހުރި ސިސްޓަމެކެވެ. އެހެންކަމުން އިރާނަށް މިކަން އެންގިހުރެ ގިނަ އަދަދެއްގެ ޑްރޯންސް ބޭނުންކޮއްގެން މި ހަމަލާ ދިނުމުން މިއީ ރަމްޒީ ހަމަލާއެއް ކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އިސްރާއީލަށް ހަމަލާއެއް ދެވިޖެ ހާލަތެއްގައި އިސްރާއީލްގެ ބަލިފައިތައް ދެނެގަނެ ހަމަލާއަކުން ރައްކާތެރިވުމަށް ބޭނުންކުރާ އުކުޅުތައް ދެނެގަތުމައް ދެވުނު ހަމަލާއެއް ކަމައްވެސް ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ.
އެހެންނަމަ ވެސް އިރާނުން ބުނަނީ މިއީ މިމަހުގެ 1ވަނަ ދުވަހު ސީރިއާގައި ހުންނަ އިރާނުގެ އެމްބަސީއަށް އިސްރާއީލުން ދިން ހަމަލާގެ ބަދަލުކަމަށެވެ.
މިހާތަނަށް މިހަމަލާ ތަކުގައި މަރުވި ކަމަށް މައުލޫމާތު ލިބެނީ އެންމެ މީހެކެވެ. އެއީ މަތީގައި އޮއްވައި ގޮއްވާލި ޑްރޯންއެއަކުން ނެއްޓިގެން އައި ބަޔަކުން ޖެހި މަރުވި ކުޑަ ކުއްޖެކެވެ.
0%
0%
0%
0%
0%
17 ޖަނަވަރީ 2025
0
29 ނޮވެންބަރު 2024
0
19 ނޮވެންބަރު 2024
0
22 އޮކްޓޫބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0