1 އެޕްރީލު 2024
0
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވެ ތަމްސީލުކުރައްވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނެއް ހަދަން ހުށަހަޅާފައިވާ އެންޓި ޑިފެކްޝަން ބިލު މިއަދު އެ މަޖިލީހުން ފާސްކޮށްފި އެވެ.
އެންޓި ޑިފެކްޝަން ބިލުގެ ތިންވަނަ މާއްދާގައި ވާގޮތުގެ މަތީން މަޖިލީހަށް ޕާޓީ ޓިކެޓެއްގައި ވާދަކޮށް އިންތިހާބުވާ މެމްބަރަކު އަމިއްލަ އަށް ޕާޓީން ވަކިވުން ނުވަތަ ޕާޓީ ބަދަލުކުރުމުން މެމްބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭނެ އެވެ. އަދި ތިންވަނަ މާއްދާގެ ރ. ގައި އޮތީ މެމްބަރަކު އިންތިހާބުވި ޕާޓީން އޭނާ ވަކިކޮށްފި ނަމަ ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވާ މެމްބަރަކު ޕާޓިއަކާ ގުޅިއްޖެނަމަ އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރަކު ނިސްބަތްވާ ދާއިރާގައި އެ މެމްބަރު އިތުރަށް ބެހެއްޓުމާ މެދު ފެންނަ ނުފެންނަ ވޯޓަށް ނެގުމަށެވެ.
އެހެން އޮތް މާއްދާއަށް ކޮމިޓީ މަރުހަލާގައި ބަދަލު ގެނެސް ފެންނަ ނުފެންނަ ވޯޓެއް ނަގަން ނުޖެހޭ ގޮތަށް ވަނީ ފާސްކޮށްފަ އެވެ. ރައްޔިތުން މަޖިލިސް މެންބަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެންމަތިވާ ހާލަތުގައި ރިކޯލް ވޯޓެއް ނުވަތަ ފެންނަ ނުފެންނަ ވޯޓެއް، އެދާއިރާއެއްގެ މެދުގައި ނަގާގޮތައް، ރައްޔިތުންނަށް މެންބަރުން ހުވުމާއި ވަކި ކުރުމުގެ ފުރިހަމަ ބާރު ހޯދަދޭނެ ކަމަށް ވަކާލާތު ކުރަމުންއައި އެމްޑީޕީ، މިއަދު މިވަނީ ރައްޔިތުންގެ ބާރުވެރިކަމަށް، ޑިމޮކްރަސީގެ އުސޫލުތަކަށް ޚިލާފުވެފައެވެ.
ރައްޔިތުންގެ މަޖިލިސް މެންބަރުންނަކީ ރައްޔިތުން ތަމްސީލު ކުރުމަށް، ރައްޔިތުން ވޯޓު މަޖިލީހުގައި ތަމްސީލު ކުރުމަށް، ރިޕްރެންޓެޓިވް ޑިމޮކްރަސީގައި ރައްޔިތުންގެ މަންދޫބުންނެވެ. އެ މެންބަރުުން ހޮވަނީ ރައްޔިތުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ. އެ މެންބަރަކު ވަކި ކުރުމުގެ ބާރު ވެސް ލިބެން ވާންޖެހޭނީ އެ ދާއިރާ އެއްގެ ރައްޔިތުންނަށެވެ. އެހެއް ނަމަވެސް މި ޤަނޫނު އަމަލު ކުރެވެން ފެށޭ ހިސާބުން، މެންބަރެއް ވަކި ކުރުމުގެ ހުރިހާ ބާރުތަކެއް ލިބިގެން މިދަނީ ސިޔާސީ ޕާޓީ ތަކަށެވެ.
ސިޔާސީ ޕާޓީއެއްގެ ލީޑާރުން ކޮރަޕްޓުވެ ނުވަތަ ސިޔާސީ ޕާޓީ އަކުން ކޮރަޕްޓުވެ، ސަރުކާރު ހިންގާ އިދާރާއަށް ޖެއްސުން ކުރުމުގެ ގޮތުން، ރައްޔިތުންނާއި ޤައުމަށް ގެއްލުން ވާނޭ ފަދަ ބިލަކަށް ތާއީދު ނުކޮށްފި ހާލަތެއްގައި، ޕާޓީގެ އުސޫލު ތަކާ ހިލާފުވީ ކަމުގައި ބަލައި އެމެންބަރަކަށް ފިޔަވަޅު އެޅުން އެއީ ކޮން ވިސްނުމެއް ބާއެވެ. ޕާޓީ ގޭންގު ވިސްނުމެވެ.
ސިޔާސީ ޕާޓީ އަކުން ގައުމަށާއީ ރައްޔިތުންނަށް ގެއްލުންދީ ޤައްދާރުވާ ހާލަތުގައި އެ ޕާޓީ އަކުން އިސްތިއުފާ ދިނުމުގެ ފުރިހަމަ މިނިވަންކަން މެންބަރުންނަށް އޮންނަން ވާނެވެ. ސިޔާސީ ޕާޓީ އެއްގެ މަސްލަހަތަށް ވުރެ ރައްޔިތުންގެ މަސްލަހަތު އިސްކުރުމުގެ ބާރު މަޖިލިސް މެންބަރުންނަށް އޮންނަން ވާނެވެ.
0%
0%
0%
0%
0%
21 އެޕްރީލު 2024
1
16 އެޕްރީލު 2024
0
8 އެޕްރީލު 2024
1
6 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0