އިޒްރޭލުގެ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ - ފޮޓޯ: ސްލޭޓް ކޮމް
29 ސެޕްޓެންބަރު 2024
0
ނަތަންޔާހޫ އެމެރިކާއަށް ކުރި ދަތުރަށް ފަހު އިޒްރޭލަށް އަނބުރާ ގޮސް އެއާޕޯޓުގައި ޖެއްސުމާއެކު ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތާ ކަމަށްވާ ހޫތީން އިން އެ އެއާޕޯޓަށް މިސައިލުގެ ހަމަލާއެއް ދީފި އެވެ.
ހޫތީން ފޮނުވާލާފައިވާ މިސައިލް ކާމިޔާބުކަމާއިއެކު ވައްޓާލާފައި ވާކަމަށް އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ބުނެ އެވެ.
އިޒްރޭލުގެ އެއާޕޯޓަކަށް ހޫތީން ހަމަލާދީފައި ވަނީ ފުރަތަމަ ފަހަރަށެވެ.
މި ހާދިސާއާ ގުޅިގެން އިޒްރޭލުގެ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ސަލާމަތްކަމާއެކު އެއާޕޯޓުން ބޭރަށް ގެންގޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ބުނެފައިވަނީ މިފަދަ ހަމަލާތަކުން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތައް ވެސް އަޅަމުންދާ ކަމަށެވެ.
ޔަމަނުގެ ހޫތީން އިޒްރޭލަށް ހަމަލާ ދެނީ އައްޒާގައި އިޒުރޭލުން ހިނގަމުންދާ ހަނގުރާމައާ ގުޅިގެންނެވެ. އިޒްރޭލުން އައްޒާގައި ހަނގުރާމަ ހިންގަމުން ދާތާ މިހާރު އަހަރެއް ފުރުމާއި ގާތް ވަނީއެވެ.
0%
0%
0%
0%
0%
17 ޖަނަވަރީ 2025
0
29 ނޮވެންބަރު 2024
0
19 ނޮވެންބަރު 2024
0
22 އޮކްޓޫބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0