14 އެޕްރީލު 2024
0
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވެ ތަމްސީލުކުރައްވާ ޕާޓީން ވަކިވެއްޖެ ނަމަ މެންބަރުކަން ގެއްލޭ ގޮތަށް، ފާސްކުރި އެންޓި ޑިފެކްޝަން ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުނުރެއްވުމަކީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގއ. މާމެންދޫގައި އޮތް އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވިދާޅުވިއެވެ.
"ތިބޭފުޅުން އިންތިހާބުކުރާ ކެންޑިޑޭޓަކު، އެ އިންތިހާބުކުރާ ޕާޓީއެއްގައި ފަސް އަހަރު ދުވަހު ހުންނާނެކަމުގެ ގާނޫނީ ގޮތުން އެ ބަދެވުން، އިރާދަކުރެއްވިއްޔާ ގާނޫނުގެ ތެރެއިން ހައްލު ހޯދައިދޭނަން" އެމަނިކުފާނު ވިދާޅުވި އެވެ.
އެހެއްނަމަވެސް ރައްޔިތުން ވޯޓުލައިގެން މަޖިލިސް މެންބަރެއް ހޮވަނީ ސިޔާސީ ޕާޓީ އެއްގައި 5 އަހަރު ދުވަހު ބަނދެވުމަކަށް ނޫނެވެ. 5 އަހަރު ދުވަހު ރައްޔިތުން ތަމްސީލު ކުރަމަށް، ރައްޔިތުންގެ މަންދޫބުން ގޮތުގައި ޤާނޫނު ހެދުމަށް ނަގާ ބަޔެކެވެ. އެ ޤާނޫނު ހެދުމުގެ ބާރު ދިނީ ރައްޔިތުންނެވެ. ފުރިހަމަ ޑިމޮކްރެސީ އެއްގައި އެ ޤާނޫނު ފާސް ކުރުމަށް ލީ ވޯޓު ބާތިލް ކުރުމުގެ ބާރު ވެސް އެދާއިރާގެ ރައްޔިތުންނަށް ލިބޭނެވެ.
ޑިމޮކްރަސީ އަކީ ރައްޔިތުން ފަރާތުން ފެށޭ، ރައްޔިތުންގެ ބާރުވެރިކަމުގައި ވެރިކަން އޮންނަ ނިޒާމަކަށް ކިޔާ ނަމެކެވެ. ރިޔާސީ އިންތިޚާބެއްގައި ހުރިހާ ރައްޔިތުންގެ ވޯޓު ހިމެނޭ ގޮތަށް ޑިމޮކްރަސީގެ އެއް މާނާގައި (Universal Suffarage) އޭގެ އެންމެ ފުޅާ ދާއިރާގައި ބޭނުން ކުރެވި، ރައީސް އަކު އައްޔަން ކުރެވެއެވެ.
އަދި މަޖިލިސް އިންތިޚާބެއްގައި ރައްޔިތުންނަށް ބޭނުންވާ ޤާނޫނުތައް ހެދުމަށާއި ސަރުކާރު ޒިންމާދާރު ކުރުމަށް، އެކި ދާއިރާތަށް ބަހާލާގެން, އެދާއިރާއެއްގެ ރައްޔިތުންގެ ވޯޓަކުން, މަޖިލިސް މެންބަރުން ވެސް އައްޔަން ކުރެވެއެވެ.
ރައްޔިތުންގެ ވޯޓަކުން ހޮވޭ މެންބަރުންނަކީ މަޖިލީހުގައި ކުރެވޭ ހުރިހާ މަސެއްކަތެއްގައި ވެސް، ހުރިހާ ޤާނޫނެއް ފާސް ކުރުމަގައި ވެސް، އެ ދާއިރާއެއްގެ ރައްޔިތުން ތަމްސީލް ކުރާ މަންދޫބެކެވެ. މަޖިލީހުގައި އޮންނަނީ ރިޕްރެސެންޓެޓިވް ޑިމްރަސީ އެވެ. (Representative Democracy). މަޖިލީހުގައި ލެވޭ ކޮންމެ ވޯޓަކީ އެދާއިރާ ރައްޔިތުންގެ ފަރާތުން ލެވޭ ވޯޓެކެވެ. އެވޯޓު ބާތިލް ކުރުމުގެ ބާރު ޑިމޮކްރަސީ އެއްގައި ރައްޔިތުންނަށް ލިބެނީ މި ސަބަބަށް ޓަކައެވެ.
މީގެ އިތުރުން މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލުން ކަން (Re-Call) ކަނޑައެޅުމުގެ ބާރު ވެސް، ޑިލޮކްރެސީއެއްގައި ރައްޔިތުންނަށް ލިބެން ޖެހެއެވެ. ވީމާ، ސިޔާސީ ޕާޓީތަކުގެ މަސްލަހަތައް ވުރެ މަޖިލިސް މެންބަރުންނަށް އިސް ވާން ޖެހޭނީ އެ ދާއިރާގެ ރައްޔިތުންގެ މަސްލަހަތެެވެ.
ސިޔާސީ ޕާޓީއެއްގެ ވިސްނުމާއި އަމަލުތައް ދާއިރާގެ ރައްޔިތުންނާއި ދިވެހި ޤައުމަށް ގެއްލުންވާ ގޮތަށް ހުއްނަ ހާލަތެއްގައި، އެ ޕާޓީ އަކުން ވަކިވެ، ރައްޔިތުންނާ އެއްކޮޅަށް ވޯޓުލުމުގެ މިނިވަންކަން ނުލިބޭ ނަމަ، ޑިމޮކްރަސީ އެއް ނެތެވެ.ޑިމޮކްރަސީ އޮންނަނީ ޕާޓީގެ ވިޕް ލައިނަށް ވޯޓު ލާކަށް ނޫނެވެ.
އަދި އެބޭފުޅުން އައްޔަން ކުރި ދާއިރާގެ ރައްޔިތުންގެ މަސްލަހަތު ރައްކާތެރި ކުރުމަށް ސިޔާސީ ޕާޓީން އިސްތިއުފާ ދޭން ޖެހޭ ހާލަތެއްގައި، އިސްތިއުފާދީގެން ވެސް އެދާއިރާގެ ރައްޔިތުން ތަމްސީލު ކުރުމުގެ މިނިވަންކަން ޑިމޮކްރެސީ އިން ލިބެއެވެ.
ޑިމޮކްރެސީ އެއްގައި މެންބަރުންނަކީ ރައްޔިތުންގެ މަންދޫބެކެވެ. ސިޔާސީ ޕާޓީ އެއެއްގެ އަޅެއް ނޫނެވެ.
0%
0%
0%
0%
0%
21 އެޕްރީލު 2024
0
16 އެޕްރީލު 2024
0
14 އެޕްރީލު 2024
0
13 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0