21 އެޕްރީލު 2024
0
މިއަދު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީން ކާމިޔާބުކޮށް، 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފި އެވެ.
ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، ޕީއެންސީގެ ކެންޑިޑޭޓުން މިހާތަނަށް ވަނީ 70 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރާ އެކު، 20 ވަނަ މަޖިލީހަށް އިންތިހާބު ކުރާ 93 މެމްބަރުންގެ ސުޕަ މެޖޯރިޓީ ނުވަތަ ހަތަރު ބައި ކުޅަ ތިން ބައި ހޯދަން ބޭނުން ވަނީ 70 ގޮނޑި އެވެ. މިއަދު އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ ތެރޭގައި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއެންޕީ އަށް އެއް ގޮނޑި އަދި އެމްޑީއޭ އިން ވެސް ވަނީ ދެ ގޮނޑި ކާމިޔާބުކޮށްފަ އެވެ.
ނަވާރަ ވަނަ މަޖިލީހާ އަޅާބަލާއިރު، ގިނަ ދާއިރާތަކުގެ ނަތީޖާ ވަނީ ވަރަށް ބޮޑަށް އެނބުރިފަ އެވެ. މާލެ، އައްޑޫ، ފުވައްމުލަކު އަދި ކުޅުދުއްފުށިން ވެސް ޕީއެންސީން ވަނީ ބޮޑު އަޣުލަބިއްޔަތެއް ހޯދައިފަ އެވެ.
މީގެ ފަސް އަހަރު ކުރިން މައި އިދިކޮޅު 65 ގޮނޑި ކާމިޔާބުކުރި އެމްޑީޕީގެ ތާއީދު ވަނީ ވަރަށް ބޮޑަށް ފަނޑުވެފަ އެވެ. އެ ޕާޓީއަށް މިހާތަނަށް ލިބިފައިވަނީ އެންމެ 15 ގޮނޑި އެވެ. މަޖިލީހުގައި އެތައް ދައުރެއް ހޭދަކުރެއްވި އެމްޑީޕީގެ ސީނިއާ މެމްބަރުންނަށް ވެސް މި އިންތިހާބުގައި ވަނީ ނާކާމިޔާބުވެފަ އެވެ.
އެމްޑީޕީން ވަކިވެވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޑިމޮކްރެޓްސްއަށް އެއްވެސް ގޮނޑިއެއް ކާމިޔާބުވެފައެއް ނުވެ އެވެ. އެމްޑީޕީން ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީއަށް ވެސް މި އިންތިހާބުގައި އެއްވެސް ގޮނޑިއެއް ނުލިބެ އެވެ
0%
0%
0%
0%
0%
16 އެޕްރީލު 2024
0
14 އެޕްރީލު 2024
0
14 އެޕްރީލު 2024
0
13 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0