13 އެޕްރީލު 2024
0
ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ޝަރީއަތް ލަސްވާ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވުމަށް އެ ކޮމިޝަނުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ނިންމަވައިފިއެވެ.
ރޭ އައްޑޫ ސިޓީގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފަގެ މައްސަލަ ލަސްވަމުން ދަނީ މި ސަރުކާތުން މައްސަލައިގެ ތެރެއަށް އަތްބާނަމުން ދާތީ ކަމަށާއި މައްސަލަ އަވަސް ކުރުމަށް ޖޭއެސްސީ އަށް މައްސަލަ ހުށައަޅުއްވާނެ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ވަނީ ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަކުރި ކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައެވެ. އެހެން ނަމަވެސް އެމައްސަލަ އިސްތިއުނާފްކުރަން ރައީސް ޔާމީން ވަނީ އެމައްސަލަ ހައިކޯޓަށް ހުށައަޅުއްވާފައެވެ. ހައިކޯޓުގެއި އެމައްސަލަ ދިގުލައިގެން ގޮސް އެންމެ ފަހުން މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ރައީސް ޔާމީންއަށް ކުރިމަތި ނުލެވުމުގެ އެއް ސަބަބަކަށް އެކަން ވެގެން ދިޔައެވެ.
މިދިޔަ އަހަރު ހައިކޯޓުގައި އޮތް އިސްތިއުނާފްގެ މައްސަލަ ލަސްވަމުން ދިޔައީ ސީދާ އޭރުގެ ސަރުކާރުގެ ނުފޫޒުން ކަމަށް ހުދު ރައީސް ޔާމީންވެސް ވިދާޅުވިއެވެ. މިގޮތުން އަޑުއެހުންތަށް އޮންނަ ދުވަސްތަކަށް ފަންޑިޔާރުން ޗުއްޓީނެގުން ފަދަ ކަންކަން ހިމެނެއެވެ. އޭރުވެސް އަދި މިހާރުވެސް ޖޭއެސްސީގައި އޮތީ އެމްޑީޕީގެ ނުފޫޒެވެ. މިއަދު ފިޝަރީޒް މިނިސްޓަރ އަހްމަދު ޝީޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް މިކަން ފާހަގަ ކުރެއްވިއެވެ. ޝިޔާމް ވިދާޅުވީ ކުރީގެ އެމްޑީޕީގެ ޕީޖީ ލީޑަރ މިހާރުގެ ރައްޔިތުންގެ މަޖްލީހުގެ ރައީސް އަސްލަމް އޭރުވެސް އަދި މިހާރުވެސް ހުންނެވީ ފުއްގަނޑެއް މޮޑޭހެން ޖޭއެސްސީ ހިސާރުކޮއްގެން ކޯޓުތަކަށް ނުފޫޒު ފޯރުވާށެވެ.
0%
0%
0%
0%
0%
21 އެޕްރީލު 2024
0
16 އެޕްރީލު 2024
0
14 އެޕްރީލު 2024
0
14 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0