ގޫގުލް ފޮޓޯ
11 އެޕްރީލު 2024
0
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މާލީ ސިޔާސަތުތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފްކުރައްވައިފިއެވެ.
ކުރީގެ ޓްވީޓާރ ނުވަތަ މިހާރުގެ ނަމުން "އެކްސް"ގައި ރައީސް ނަޝީދު ކުރެއްވި ކޮމެންޓްގައި ވިދާޅުވީ ރައީސް މުއިއްޒު މާލީ ޒިންމާތައް އަދާކުރައްވާތަން ފެނުމުން އުފާކުރައްވާކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، 50 މިލިއަނުން މަތީގެ މަޝްރޫއުތައް ފަށާނީ މި އަހަރުގެ މެދުތެރެއިންކަމަށްބުނެ ރައީސް މުއިއްޒުގެ މާލީ ސިޔާސަތު ހާމަކުރައްވާ އެމަނިކުފާނު ދެއްކެވި ވާހަކަފުޅެއް ރިޕޯސްޓުކޮށްފައިވާ ހަބަރަކަށް ކޮމެންޓް ކުރައްވައެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރު އައިއިރު މުޅި ރާއްޖޭގައި ހުއްޓިފައިހުރި ބައެއް މަޝްރޫއުތައް އަލުން ފަށައިގެން މިހާރު ކުރިޔަށްދާކަމަށާއި، 50 މިލިޔަނުން ފެށިގެން މަތީގެ ހަރަދުތައް ހިނގާ ބޮޑެތި މަޝްރޫއުތައް އެކި މަސްތަކަށް ބަހާލައިގެން ކުރިޔަށްގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެފަދަ ބައެއް މަޝްރޫއުތައް ޖުލައި މަހާ ހިސާބުގައި ފެށޭނެކަމަށެވެ.
މީގެ އިތުރުން އާމްދަނީ މެނޭޖުކޮށްގެން ބާކީ ފަހު ކުއާރޓަރަށް ދާއިރު ބަޖެޓުގައި ދެން ހުރި ގިނަ މަޝްރޫއުތަކެއް ފައްޓަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ސަރުކާރުން މިފަދައިން މަޝްރޫއުތައް ކުރިއަށްގެންދަނީ ފައިސާ ޗާޕްނުކޮށް، ވީވަރަކުން ލޯނުވެސް ނުނަގާ އާމްދަނީ އިތުރުކޮށްގެން ބޭރުގެ ދަރަނިވެސް ދައްކަމުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފައިސާއަކީ ރައްޔިތުންގެ ފައިސާކަމަށާއި މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ސަރުކާރުން މި ސިޔާސަތު ގެންގުޅެނީ ވީހާވެސް ރަނގަޅަށް އިގްތިސާދު މެނޭޖުކުރެވޭތޯ ބަލަން ކަމަށެވެ.
0%
0%
0%
0%
0%
21 އެޕްރީލު 2024
0
16 އެޕްރީލު 2024
0
14 އެޕްރީލު 2024
0
14 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0