9 އެޕްރީލު 2024
0
ރޭ 9:15 ގައި ބާއްވަން ކަންޑައެޅިފައި ވާ ޕީއެންއެފްގެ ޖާލްސާ ބާއްވަން ގިޔާސުއްދީން ސުކޫލު ދޭން އުޒުރުވެރިވީ އެ ސުކޫލުން ކަމަށާއި ސަރުކާރުން ބަދަލުގައި ސޯޝަލް ސެންޓަރ ދެއްކިކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
"އަލަށް އުފައްދަން މަސައްކަތްކުރާ ސިޔާސީ ޕާޓީއަކުން މިރޭ ބާއްވަން ރާވާފައިވާ ޖަލްސާ ރާއްޖޭގެ ޕްރައިވެޓް ސްކޫލެއްގައި ބާއްވައިދޭން އެ ސްކޫލުން ޢުޒުރުވެރިވެފައި ވާތީ، އެ ސްކޫލުގެ ސަލާމަތާ ރައްކައުތެރިކަން ބަލަހައްޓައިދިނުމުގައި ފުލުހުން ވަނީ މިރޭ އެހީތެރިކަން ދެއްވައިފައެވެ. ދެ ހަފުތާއަށްވުރެ ދިގު ބަންދު ދުވަސްތަކަކަށްފަހު، އަންނަ އާދީއްތަދުވަހު ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުންދާތީއާ، އަދި އަހަރު ފަހު އިމްތިޙާން ސްކޫލްތަކުގައި ކުރިއަށް ގެންދާ ދުވަސްވަރުކަމަށް ވާތީ، އެއްވެސް ޙަރަކާތެއް ހިންގުމަށް ސްކޫލް ހޯލްތައް ދޫކުރުމަކީ މި ވަގުތު ސްކޫލްތަކަށް ވަރަށް ދަތިކަމެކެވެ.
އެހެންކަމުން، މާލެ ސިޓީގެ އެއްވެސް ސްކޫލް ހޯލެއް ލިބުމުގައި އޮތް ދަތިކަމަށް ޙައްލެއް ހޯދައިދީ، ސިޔާސީ ޕާޓީ އުފައްދަން މަސައްކަތްކުރާ ފަރާތަށް މިރެއިން މިރެއަށް އެ ފަރާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މަގު ސަރުކާރުން ފަހިކޮށްދިނުމުގެ ގޮތުން، ސޯޝަލް ސެންޓަރުގެ މައި ހޯލުގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވޭނެ އިންތިޒާމު އެކަން ކުރައްވާ ފަރާތަށް ސަރުކާރުގެ އަމިއްލަ އިސްނެންގެވުމުގައި ވަގުތުން ވާނީ ހަމަޖައްސައިދީފައެވެ."
ޕީއެންއެފްގެ ޖަލްސާ އެންމެފަހުން ރޭ ބޭއްވީ ރާޅުގަނޑު ސަރަހައްދުގައެވެ. ގިޔާސުއްދީން ސްކޫލުން ކުރިންވެސް އެ ސުކޫލް ޖަލްސާބާއްވަން ދޭން އުޒުރުވެރި ވާ ވާހަކަ އަންގައިފައި ވާ ކަމަށްވެސް ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓް ތަކުން ބުނެއެވެ. އެހެން ނަމަވެސް ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ބަހެއް އަދީ މިކަމާ ގުޅިގެން ނުލިބެއެވެ.
ސްކޫލްގެ ގޭޓް ތަޅުލާފައި ހުރުމުން ގަދަކަމުން ޕީއެންއެފްގެ ބޭފުޅުން ސްކޫލަށް ވަންނަން އުޅުމުން ފުލުހުން ވަނީ ހުރަސް އަޅާފައެވެ. އަދި ޕީއެންއެފްގެ ބޭފުޅުން ފުލުހުންނަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި އާއްމުވިއެވެ. މިކަމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
0%
0%
0%
0%
0%
21 އެޕްރީލު 2024
0
16 އެޕްރީލު 2024
0
14 އެޕްރީލު 2024
0
14 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.

22 އެޕްރީލު 2024

7 މޭ 2024
0