6 އެޕްރީލު 2024
0
ރައްޔިތުންގެ މަޖްލީހުގެ އިންތިހާބާ ދިމާކޮށް ސަރުކާރާ ދެކޮޅަށް އާންމުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދަން ދޮލަނގަށް ދޮގު އަޅައިގެން ދޮގުން ކެމްޕޭން ކުރަމުންދާ އެމްޑީޕީން އެންމެ ބާރަށް މި ދުވަސްކޮޅު ފަތުރަމުންދާ ދޮގަކީ ހުޅުމާލޭގައި ވިއްކަން ޖަހާފައ އޮތް ބިމެއްގެ ވާހަކައެވެ. ސަރުކާރުން ބޭރު ބަޔަކަށް ބިމެއް ދީ، ބޭރު މީހުން އެ ބިން ވިއްކަމުން ދަނީ ކަމަށް ބުނެ ބުހުތާނު ދޮގު އެމްޑީޕީން ދަނީ ފަތުރަމުންނެވެ. ކްރޮސް ސަބްސިޑީގެ އުސޫލުން ބިން ހިއްކުމުގެ މަސައްކަތްތައް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ސަރުކާރުގައިވެސް ވަނީ ފަށާފައެވެ. މިއަދު މައްސަލައަކަށް ވެގެން އުޅެނީ އެންމެ ކަމެކެވެ. ތިމާމެން ވެރިކަމުގައި ނެތުމެވެ. ދޮގު ހަދަން ޖެހުމެވެ. ދޮގާއި ނަފްރަތު އުފައްދައިގެން ވެސް ސަރުކާރަށް އޮތް ތާއީދު ފަނޑުކޮށްލެވޭތޯ އުޅުން ނޫން ސިޔާސީ މަސައްކަތެއް އެމްޑީޕީއަށް ދަސްވެފައި ނެތުމެވެ.
ފުށިދިއްގަރުފަޅުގެ މަޝްރޫއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ރައްޔިތުންނަށް ވެފައިވާ އެންމެ މުހިންމު އެއް ވައުދެވެ. ގެދޮރުވެރިކަމާ ގުޅޭ ގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަތް އެންމެ މުހިންމު އެއް ވައުދުވެސްމެއެވެ.
އަޅުގަނޑުމެންގެ ޕްލޭނަކީ ގުޅީފަޅާ، ގިރާވަރުފަޅާ، ފުށިދިއްގަރުފަޅާ މާލެ ރީޑިވްލޮޕް ކުރީމާ މާލެއިން ހުސްވާ ބިންތަކާ، ހުޅުމާލެއިންނާ ވިލިމާލެއިން އުފެދޭ، ލިބޭ ބިންތައް އެއްކޮށްލައިގެން 65،000 ގެދޮރު ގާއިމުކުރުން. ހުޅުމާލޭގެ ދެ ފޭސް އެއްކޮށްލީމަ ވާ ސައިޒުގެ ތިންގުނަ ފުށިދިއްގަރުފަޅުން ހިއްކޭނެ.
- މެނިފެސްޓޯ އިއުލާންކުރައްވަން ފެއްޓެވުމާއި ގެދޮރުވެރިކަމާ ބެހޭ ސިޔާސަތު ހާމަކުރެއްވުމަށް ބޭއްވި ޖަލްސާގައި ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު، އޯގަސްޓް 2023
ރިޔާސީ ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ މާލެއާއި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހައްލުކޮށްދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު އެއް އަމާޒެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންމެ އަވަހަށް ފެއްޓެވި އެއް މަސައްކަތްޕުޅަކީވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމުގެ މަސައްކަތެވެ. ހުއްޓިފައި ހުރި މަޝްރޫއުތައް ފައްޓަވައި، ހިއްކަމުންދާ ބިންތައް އެތައް ގުނަ ބިން އިތުރުކޮށް ހިއްކަން ފެށިއެވެ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ހަފްތާ 14ގެ ތެރޭ ހިމެނިގެން ފެށުނެވެ. އެހެން ނަމަވެސް، އެމްޑީޕީގެ ބޮޑު މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖްލީހުން ސަރުކާރުގެ މި މުހިންމު ވައުދު ފުއްދުމަށް ވަނީ 2024ގެ ބަޖެޓް ފާސްކުރުމުގެ ތެރެއިން ހުރަސްތައް ކުރިމަތިކޮށްފައެވެ.
ރާޖޫއަށް 20 މިލިއަން ޑޮލަރާއި 19.6 ހެކްޓަރުގެ ބިން ރާއްޖޭގެ އެންމެ އަގުހުރި ހުޅުމާލެ އަދި ތިލަފުށި ބިމުން ދޭން އެންމެ ފުރަތަމަ ނިންމީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި 20 އޮގަސްޓް 2023 ގައި ސޮއިކުރި އެގްރިމެންޓްގެ ދަށުންނެވެ. . މި އެއްބަސްވުމުގެ ދަށުން ހިއްކަނީ އެންމެ 96 ހެކްޓަރުގެ ބިމެވެ. އެމްޑީޕީ ސަރުކާރުން ހިއްކަން ހަވާލުކުރި ބިމަށް ވުރެ 12 ގުނަ ބޮޑު 1200 ހެކްޓަރުގެ ބިން ރަސްމާލެއިން ހިއްކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމީ ސަރުކާރުން އެއްވެސް ފައިސާއެއްނުދީ، ހުޅުމާލެއިން 10 ހެކްޓަރު އަދި ރަސްމާލެއިން 60 ހެކްޓަރު ބިން އެޗްޑީސީއިން ވިއްކައިގެން ލިބޭ ފައިސާ އެސްކްރޯ އެކައުންޓަކަށް ޖަމާކޮށްގެން އެ ފައިސާ ރާޖޫއަށް ބިން ހިއްކުމުގެ އަގުގެ ގޮތުގައި ހަރަދުކުރާގޮތަށެވެ.
ހުޅުމާލޭގެ ބިން ސަރުކާރާ އެކު އޮތް އެގްރީމެންޓްގެ ދަށުން ރާޖޫއަށް މިލްކެއްނުވާނެއެވެ. އަދި އެ ބިން ތިންވަނަ ފަރާތަކަށް ވިއްކުމުގެ އެގްރިމެންޓްތައް ހަދާނީވެސް ސީދާ އެޗްޑީސީގެ ފަރާތުންނެވެ. އެގްރިމެންޓްގެ ދަށުން ބިން ގަންނާނެ ދިވެހިން ހޯދުމަށް އިސްތިހާރު ކުރުމުގެ ފުރުސަތު ރާޖޫއަށް ލިބެއެވެ. އެމްޑީޕީން އާންމުންނަށް މައުލޫމާތު އޮޅޭގޮތަށް ހުޅުމާލޭގައި ބޭރު މީހަކު ބިން ވިއްކަން ޖަހާފަ ހުރި ކަމަށް ބުނެ ފަތުރަމުންދާ ފޮޓޯތަކުގައިވާ ބޯޑުތައް ބެހެއްޓީ އޭގެ ދަށުންނެވެ.
އެމްޑީޕީއިން ރާޖޫއާއެކު ހެދި އެގްރިމެންޓާއި ހިލާފަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހެދި އެގްރިމެންޓްގެ ދަށުން ރާޖޫއާ ހަވާލުކުރާ ބިން ދިވެހި ސަރުކާރުން ބޭނުންވެއްޖެ ހާލަތުގައި އަނބުރާ ނެގޭނެއެވެ.
0%
0%
0%
0%
0%
21 އެޕްރީލު 2024
0
16 އެޕްރީލު 2024
0
14 އެޕްރީލު 2024
0
14 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
7 މޭ 2024
0