2 އެޕްރީލު 2024
0
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޒުލު ކުރުމަށްޓަކައި، އެމްޑީޕީން މަޖިލިސް މެޖޯރިޓީ ނަގަން ޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މާފަންނު ދެކުނު ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ހަސަން އިޔާދްގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑުމެން ކޮންމެހެންވެސް މިފަހަރު ތިންބައިކުޅަ އެއްބައި މެޖޯރިތީ އެބަ ނަގަން ޖެހޭ. ރައީސް މުއިއްޒު އަޒުލުކުރަން އެބަ ޖެހޭ. އެއީ މިއަދު ރައްޔިތުން ބޭނުންވާ ގޮތަކީ." މާރިޔާ ވިދާޅުވިއެވެ.
މާރިޔާ މިހެން ވިދާޅުވެފައި ވާއިރު، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ ރައީސް މުއިއްޒު އަޒުލު ކުރަން ޖެހިއްޖެ ހާލަތުގައި އެކަން ކުރަށްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިވަގުތު އޮތް އެމްޑީޕީ މެޖޯރިޓީ މަޖިލީހުން ވެސް ރައީސް އަޒުލު ކުރުމަށްޓަކައި ވަނީ މަސެއްކަތް ތަކެއް ކޮށްފައެވެ.
ރައްޔިތުން ވެރިއަކު 5 އަހަރަށް ހޮވަނީ " ޔުނިވާސަލް ސަފަރޭޖް"، އެންމެންގެ އަގުލަބިއްޔަތުގެ ވޯޓަކުންނެވެ. އަދި ރައީސް އެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުން ވެސް އޮތްނަން ޖެހޭނީ ހުރިހާ ރައްޔިތުންގެ މެދުގައެވެ. ޑިމޮކްރެސީގެ އުސޫލަކީ އެއީ އެވެ. އެހެއްނަމަވެސް ރައްޔިތުން މަޖިލީހަކީ ރައްޔިތުން ތަމްސީލު ކުރާ ތަނެއްކަމުގައި ބަލާ، ރައީސުންގެ އިތުބާރު ނެތް ކަމުގެ ވޯޓު، މަޖިލިސް ތެރެއިން ނެގޭ ގޮތަށް ވަނީ ރާއްޖޭގެ ޤާނޫނުގައި ކަނޑައެޅިފައެވެ. އެ ވޯޓަކީ ރައްޔިތުންގެ ވިސްނުން އަދި ތާއީދު ފެންނަން ޖެހޭނެ ވޯޓެކެވެ.
އެހެއް ނަމަވެސް، ވަކި ސިޔާސީ ޕާޓީ އަކަށް ވެރިކަން ނުލިބުމުގެ ސަބަބުން، ރައްޔިތުންގެ ނިންމުމަށް ގޮންޖަހައި ރައީސް އަޒުލު ކުރަން މަސެއްކަތް ކުރުމުން، އެމްޑީޕީގެ ނިޔަތް ގޯސްކަން ފާހަގަ ކުރެވެއެވެ. އެއީ ރައީސް މުއިއްޒުގެ، ޕްރޯ މޯލްޑިވްސް ސިޔާސަތުން އެންމެ ގެއްލުން ލިބެނީ އިންޑިޔާގެ އިސްތިއުމާރީ މަސެއްކަތްށެވެ. އަދި މުއިއްޒުއަށް 5 އަހަރުގެ ވެރިކަމެއް ދޭން ބޭނުންނުވާނެ ބަޔަކީވެސް އިންޑިޔާކަމަށް ވާތީ އެވެ. އެހެން ކަމުން ރައީސް މުއިއްޒު އަޒުލު ކުރުމުގެ އަޑީގައި ވާނީ އިންޑިޔާކަމަށް ޕީއެންސީގެ އެކްޓިވިސްޓުން ވިދާޅޫވެއެވެ.
ހަމައެއާކު، 2025 ވަނަ އަހަރުގެ ޑިސެންބަރުގެ ކުރިން ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލާނެ ކަމަށް ވެސް ވަނީ އިންޑިޔާގެ ސްޓްރެޖިސްޓުން ލަފާ ކޮށްފައެވެ.
0%
0%
0%
0%
0%
21 އެޕްރީލު 2024
0
16 އެޕްރީލު 2024
0
14 އެޕްރީލު 2024
0
14 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0