7 އެޕްރީލު 2024
0
ކުރިއަށް އޮތް މަޖްލީސް އިންތިހާބުގައި ތިނަދޫގެ ދެ ދާއިރާގެ ގޮންޑިވެސް ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކާމިޔާބު ކުރާނޭކަމަށް ވަގުތުގެ ސާރވޭއަކުން ދައްކާފިއެވެ.
ޕީޕީއެމް/ޕީއެންސީ އެންމެ ކުރީގައި އުޅޭއިރު މިހާރު މަޖްލީހުގައި މެޖޯރިޓީއޮތް އެމްޑީޕީއަށް ލިބެނީ ތިންވަނައެވެ. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އަންބިކަންބަލުން ވެސް އެއްދާއިރާ އަަށް ވާދަ ކުރައްވާއިރު އެކަމަނާއަށް ލިބިވަޑައިގަންނަވާނޭ ކަމަށް ލަފާކުރެވެނީ އެންމެ 20 އިންސައްތަ ވޯޓެވެ.
މީގެކުރިއެކޭ ވެސް އެއްގޮތަށް ތިނަދޫގައި އޮންނަނީ ތިނަދޫ އުތުރު ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާއެވެ. ސާވޭގައި ބައިވެރިކޮށްފައި ވަނީ ހަމައެކަނި ރަށުގައި ދިރިއުޅޭ މީހުން އެކަންޏެވެ. ރަށުގެ އިތުރުން މާލޭގައި ވެސް ދެ ދާއިރާއަށް ވޯޓުލެވޭ ގިނަ ބަޔަކު އުޅެއެވެ.މި ސާރވޭގައި ކޮންމެ ދާއިރާއަކުން ވެސް ވޯޓުލެވޭ އާބާދީގެ %20 މީހުން ބައިވެރިވިއެވެ.
ނަތީޖާ:
ތިނަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓު އަދި ވިޔަފާރިވެރިޔާ ސައުދުﷲ ހިލްމީ އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެންޑިޑޭޓު އަބްދުﷲ އަހުމަދު (އަބުޅޯ) އާއި އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ގައިސްއެވެ. މި ބޭފުޅުންގެ ތެރެއިން ސައުދުﷲ އާއި އަބުޅޯއަކީ މި ދާއިރާގެ މެމްބަރުކަން ކުރެއްވި ބޭފުޅުންނެވެ. ގައިސް ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމާއި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވައިފައެވެ.
ތިނަދޫ ދެކުނު ދާއިރާ އަށް ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓު އަބްދުﷲ ޝަރީފް އާއި އެމްޑީޕީގެ ކެންޑިޑޭޓު އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ އަނބިކަނބަލުން ޒިފްލީން ހަސަނާއި އަމިއްލަ ގޮތުން ވާދަކުރައްވާ މުހައްމަދު އަލްސަން އަހުމަދާއި ހަސަން ފައިހަތު ގުދުރަތުﷲ އާއި ފާތުމަތު ސައުދަތު ޝާކިރެވެ.
މަތީގައިވާ ދެ ޗާޓަކީވެސް "ވަގުތު" ނޫހުން ނަގައިފައިވާ ދެ ޗާޓެވެ.
0%
0%
0%
0%
0%
21 އެޕްރީލު 2024
0
16 އެޕްރީލު 2024
0
14 އެޕްރީލު 2024
0
14 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0