31 މާރިޗު 2024
0
ހެންވޭރު މެދު ދާއިރާއިން އަމިއްލަގޮތުން ވާދަކުރެއްވި، މިހާރު ސުޕްރީމް ކޯޓުން ކެންޑިޑެންސީ ބާތިލްކޮއްފައިވާ، ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ސަޕޯޓަރުންތަކެއް ރައީސް މުއިއްޒާއި މަގުމަތިން ބައްދަލުކޮއް ޝަކުވާތައް ބަންޑުން ކޮއްލާފިއެވެ.
އިއްޔެ ރައީސް މެދުހެންވޭރުގެ ގެތަކަށް ޕީ.ޕީ.އެމް./ޕީ.އެން.ސީ. ގެ އެދާއިރާގެ ޓިކެޓު ލިބިވަޑައިގަތް ހުސެއިން ނާސިހު (ލަވްލީ) އަށް ތާއިދު ހޯއްދެވުމަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް މަގުމަތިން ދިމާކުރި މީހުންގެ ތެރޭ އިސްކޮށް ހުންނެވީ ކުރީގެ އެމް. ޑީޕީ. ގެ އެކްޓިވިސްޓެކެވެ. އެބޭފުޅުންގެ ޝަކުވާއަކީ އަދި ތުހުމަތަކީވެސް ރައީސް ހޮވަން ހަސަން ޝިޔާމާއި އެބޭފުޅާގެ ސަޕޯޓަރުން އެވަރައް މަސައްކަތް ކޮއްދިން އިރު ރައީސް ހުސެއިން ނާސިހު (ލަވްލީ) ގެ ކެމްޕޭނުގައި ހަރަކާތްތެރި ވާތީއެވެ. އަދި ނުސީދާކޮއް ހަސަން ޝިޔާމްގެ ކެންޑިޑެންސީ ބާތިލުކުރީ ރައީސްގެ ނުފޫޒުން ކަމަށް ވިދާޅުވަމުން ދިޔައެވެ.
އެހެންނަމަވެސް ހަސަން ޝިޔާމްގެ ކެންޑިޑަސީ ސައްހަ ކަމާ މެދުގައި ސުވާލު އުފެދި ކެންޑިޑަސީ ބާތިލުކޮށްދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ކޮއްކޮ އިލްޔާސް އަހުމަދެވެ. އާޒިމް ގެންދަވަނީ ކުރިއަށް އޮތް މަޖިލިހުގެ އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި އެ ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމަވައި ކެމްޕެއިން ކުރައްވަމުންނެވެ.
އިލްޔާސް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ޝިޔާމްގެ ކެންޑިޑަސީ އީސީން ބަލައިގެންފައިވަނީ، ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ މީހަކަށް ވުމުން ކެންޑިޑޭޓެއްގެ ޝަރުތު ހަމަނުވާއިރު ކަމަށެވެ.
އެ ސަރަހައްދަށް އެއްވެ ތިބި މީހުންގެ ޝަކުވާތައް ބަންޑުން ކުރަމުން ދަނިކޮށް ރައީސް އެ ފަރާތްތަކާއި ވާހަކަ ދައްކަަވަން ފެއްޓެވިއެވެ. މަޑުމައިތިރިކަމާއެކު ރައްޔިތުން ޝަކުވާތައް އަޑު އައްްސަވާ ޖަވާބު ދެއްވަމުން ރައީސް ގެންދެވިއެވެ.
އެގޮތުން އެމަނިކުފާނާއި ބެހޭ ގޮތުން ހެއްދެވީ ހުސް ދޮގު ކަމަށް ރައީސް ވިދާޅުވިއެވެ.
"ރޯދައަށް މިހުރީ، އަޅުގަނޑާއި ގުޅޭގޮތުން ތި ދެންނެވީ ހުސް ދޮގު، ހަމަ ހުސް ދޮގު، އަޅުގަނޑު ވަކި މީހަކަށް ބޭ އިންސާފުން ކަމެއް ނުކުރަން، މާތް ﷲ ގަންދީ ހުވާކޮށްފައި މި ދަންނަވަނީ ޝަރުއީ ކޯޓުތަކަށް ނުފޫޒެއް ނުފޯރުވަން،". ޝަރީއަތްތަކަށް ނުފޫޒު ނުފޯރުވާނެކަން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ރައީސް ވިދާޅުވިއެވެ.
0%
0%
0%
0%
0%
21 އެޕްރީލު 2024
0
16 އެޕްރީލު 2024
0
14 އެޕްރީލު 2024
0
14 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0