ސަން އޮންލައިން ފޮޓޯ
5 އެޕްރީލު 2024
0
ރައީސް ޑރ. މުއީއްޒު ވެރިކަމަށް ވަޑައިގެންނެވި ދުވަހަކީ ދައުލަތުން ޖުޑީޝަރީއަށް އަތްބޭނުން ނިމުމަކަށްއައި ދުވަސްކަމާއި ރައީސް ޔާމީން މިނިވަން ކުރުމުގެ ބާރު އޮތީ ޖުޑީޝަރީގެ އަތްމަތީގައި ކަމަށް ރައީސް ޑރ. މުއީއްޒު ވިދާޅުވެއްޖެއެވެ.
މުލިއާގޭގައި މިއަދު ރައީސް "ސަން މީޑިއާ" އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއޫގައި ވިދާޅުވީ އެ މަނިކުފާން މިހާރު ވެސް ހުންނެވީ ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ކަމަށާއި ވައުދާ ޚިލާފުވެވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑު ދެންނެވިން ރައްޔިތުންގެ ގާތުގައި ގާނޫނީ އިމުގެ ތެރެއިން އެ މަނިކުފާނު މިނިވަން ކުރުމުގެ ހުރިހާ މަސައްކަތެއް ކުރައްވާނަމޭ. އަޅުގަނޑަށް ކުރެވޭނެ ކަމަކީ ގާނޫނީ އިމުގެ ތެރެއިން ކުރެވެން ހުރި ކަންކަން ވީމައި އަޅުގަނޑު ހުވާ ކުރި ދުވަހު އިއުލާން ކުރިން ޖުޑީޝިއަރީ ނިސްބަތްކޮށް މުޅި ރާއްޖޭގެ ރައްޔިތުންނަށް ދެންނެވިން މި ހިނދުން ފެށިގެން ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުނީއޭ." ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު އުއްމީދު ކުރީ އެ ދުވަހު އެ ނިންމުން އިއުލާން ކުރުމާއެކީގައި ޖުޑީޝަރީ އެ ބޭފުޅުން ހަމަ އެ ގޮތުގައި ކުރިއަށް ވަޑައިގަންނަވާ އެ މަނިކުފާނަށް އިންސާފު ގާއިމު ކޮށްދެއްވާނެ ކަމަށް. އެކަން އޮތީ ޖުޑިޝިއަރީގެ އަތްމަތީގައި."
ރައީސް ޔާމީން މިހާރު ހައްދަވަން އުޅުއްވާ އާ ޕާޓީ ޕީއެންއެފްގެ އޮފީހުގައި ސިލްސިލާކޮއް ބާއްވާ ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވަމުން އެބޭފުޅާ ވަނީ ޝަރީއަތް ލަސްވަނީ މިސަރުކާރުގެ ނުފޫޒުން ކަމަށް ތުހުމަތު ކޮއްފައެވެ.
އެހެންނަމަވެސް ހަގީގަތަކީ ދައުލަތް ހިންގުމުގެ ބާރާއި ކޯޓުތަ ގުޅުވައިދޭ މިނިވަން މުވައްސަސާ ކަމުގައިވާ ޖުޑީޝަލް ސާރވިސް ކޮމިޝަން އޮތީ ހަމަ ކުރިންވެސް އޮތް ގޮތަށެވެ. ބަންޑާރަ ނައިބު ފިޔަވާ ރައީސް އައްޔަން ކުރެއްވި މެމްބަރެއް އަދި ނެތެވެ. ރައީސް ޔާމީންގެ މައްސަލައަކީ ހައިކޯޓުގެ އިސްތިއުނާފު މަރުހަލާގައި އޮތް މައްސަލައަކަށް ވުމުން ގާނޫނުގެ ތެރެއިން މާފް ދިނުމުގެ ބާރެއްވެސް ރައީސުލް ޖުމްހޫރިއްޔާގެ އަތަކު ނޯންނާނެއެވެ.
0%
0%
0%
0%
0%
21 އެޕްރީލު 2024
0
16 އެޕްރީލު 2024
0
14 އެޕްރީލު 2024
0
14 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024

22 އެޕްރީލު 2024

7 މޭ 2024
0