ފުވައްމުލަކު ޔޫރޯ ސްޓޯރް ފިހާރައިން 130 އަށް ވުރެ ގިނަ ސިނގިރޭޓު ކާޓަން މިއަދު ވަގަށް ނަގައިފި ކަމަށް ފުލުހުން ބުނެފިއެވެ. އެގޮތުން މީޑިއާތަކާއި ފުލުހުން ހިއްސާކުރި މެސެޖެއްގައި ބުނެފައި ވަނީ މިރޭ ފުވައްމުލަކު ސިޓީ ޔޫރޯ ސްޓޯރުގެ ގޯ ޑައުންއިން 130އަށް ވުރެ ގިނަ ސިނގިރޭޓު ކާޓަން ވަގަށް ނަގާފައިވާ މައްސަލައެއް ރިޕޯޓު ކޮށްފައިވާކަމަށެވެ. މި މައްސަލައިގައި ފުލުހުން އަދި އެއްވެސް މީހެއް ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
17 ފެބުރުވަރީ 2025
0
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާއި ބެހޭ ކޮމިޓީން ހުޅުވާލައިފި އެވެ. އެގޮތުން އިނާމަށް ނަން ހުށަހެޅޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށް ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ. އިނާމަށް ނަން ހުށަހެޅުން ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން 2025 މާރިޗު 18 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00 އަށެވެ. މިބއިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހްލާސްތެރިކަމާއެކުގައި ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ. މި އިނާމުގެ ގޮތުގައި ރައީސް ދެއްވަނީ އައްޑަނައަކާއި، ޝަރަފުގެ ބެޖެއްގެ އިތުރުން ހަނދާނީ ލިޔުމެކެވެ. މި އިނާމު ދެނީ ދައުލަތުގެ މުއައްސަސާއެއް ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ހިދުމަތްކުރި އަދި ހިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ. އިނާމަށް ހުށަހަޅާއިރު ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް ކަމާބެހޭ ހުރިހާ ލިޔުންތަކާއެކުގައި އިނާމަށްއެދޭ ފޯމު ހުށަހެޅުއްވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ގައުމީ އިނާމާއި ބެހޭ ކޮމިޓީން އެދިފައި ވެއެވެ. އަދި ބޭނުންވާ ރެކޯޑުތައް ހޯއްދުމުގެ މަސައްކަތް ދުރާލާ ކުރިއަށް ގެންދިޔުމަށާއި، އެންމެފަހު ވަގުތާޖެހެންދެން މަޑުނުކުރުމަށްވޭސް އިނާމާބެހޭ ކޮމިޓީން އެދިފައި ވެއެވެ.
16 ފެބުރުވަރީ 2025
0
މާލޭގެ ރަސްފަންނާއި ސަލްޓަން ޕާކްގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށް ރައީސުލްޖުމްހޫރީއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްފަންނާއި ސަލްޓަން ޕާކު ދަނީ ވީރާނާވަމުން ކަމަށެވެ. ރައީސް ވިދާޅުވީ އެ ދެ ތަނަކީ ވެސް ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަޒް ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެ ތަން ކަމަށެވެ. އެހެންކަމުން ރައީސް ވިދާޅުވީ ރަސްފަންނާއި ސަލްޓަން ޕާކުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދޭނެ ކަމަށާއި ކުރިޔަށްވުރެވެސް އެދެތަން ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސަައްކަތްތަކެއް ކުރާނެކަމަށެވެ.
14 ފެބުރުވަރީ 2025
0
ރާއްޖެއާއި ސައުދީއާއި ދެމެދު ވިޔަފާރީގެ ގުޅުން އިތުރު ކުރުމުގެ ގޮތުން އެމްއޯޔޫއެއް ފާސްކޮށްފިއެވެ. އެގޮތުން އިކޮނަމިކް މިނިސްޓްރީން މިއަދުކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ މިނިސްޓްރީއާއި ސައުދީގެ ދަ ޖެނެރަލް އޮތޯރިޓީ ފޯ ފޮރިން ޓްރޭޑާ ދެމެދު ހެދުނު އެމްއޯޔޫ، ސައުދީގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސައުދީ އަރަބިއްޔާގެ ވަލީއަހުދު، މުހައްމަދު ބިން ސަލްމާންގެ ލަނޑުދަނޑިތަކަށް އެހީތެރިވެދޭ ކަމެއް ކަމަށާއި މި ކަމުގެ މަގުސަދަކީ ދެ ގައުމަށް ވެސް ފައިދާވާ ގޮތަށް ވިޔަފާރީގެ އެއްބާރުލުން އިތުރުކުރުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
13 ފެބުރުވަރީ 2025
0
ސަރުކާރުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ފިޔަވައި އިތުރު ހަދިޔާތައް ނުދިނުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އަންގައިފިއެވެ. ޕީސީބީއިން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދިނުމަށާއި އަދި އޭގެ އިތުރުން ރޯދަ މަހާ ގުޅުވައިގެން އިތުރު ހަދިޔާތައް ނުދިނުމަށް އަންގައިފައެވެ. މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާނަމަ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު، ހަމައެކަނި އެ މުވައްޒަފުގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށާއި، އިތުރު ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށް ވެސް ޕީސީބީ އިން ވަނީ ބުނެފައެވެ. މި ސާކިއުލާގައި ވާގޮތުން ރޯދަމަސް ފެށޭއިރު ޕޭ ލީވް (ސްކޮލާޝިޕް) އަދި ނޯޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށާއި އެފަދަ ލީވްއެއްގައި ހުރި މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި އަލުން ވަޒީފާއަށް ނުކުމެއްޖެ ނަމަ، އެ ދުވަހަކުން ފެށިގެން ރޯދަމަހުގެ ނިޔަލަށް ޖެހޭވަރު ބަލައި އެ އަދަދަށް އިނާޔަތް ދޭން ޖެހޭނެ އެވެ. އަދި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންގެ ބޯޑުން ނޮން-އެގްޒެކްޓިވް ޑިރެކްޓަރުންނަށް ރޯދަމަހުގެ އިނާޔަތުގެ ފައިސާ ކުންފުނީގެ ފަރާތުން ނުދިނުމަށް ވެސް ބުނެފައި ވެއެވެ.
12 ފެބުރުވަރީ 2025
0
ރޯދަމަހުގައި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭން ނިންމާފައިވާ މަސްދަޅު ކޭސް މާލެ ސަރަަހައްދުގައި މި މަހުގެ 20 އިން 28 އަށް ބަހަން އެސްޓީއޯއިން ނިންމައިފި އެވެ. އެސްޓީއޯއިން ބުނެފައި ވަނީ މާލޭ ވިލިމާލެ އަދި ހުޅުމާލޭގައި މަސްދަޅު ކޭސް ބެހުމަށް ނިންމާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށެވެ. މާލެ ފިޔަވައި އެހެން ރަށްރަށުގައި މިހާރު ވަނީ މަސްދަޅު ކޭސް ބަހަން ފަށާފަ އެވެ. އެސްޓީއޯއިން މައުލޫމާތު ދޭގޮތުގައި ކޮންމެ ގެއަކަށް ވެސް 180 ގްރާމްގެ 48 ދަޅު ހިމެނޭ ތެޔޮ މަސް ކޭހެއް ދޫކުރަނޭ ކަމަށެވެ. އެގޮތުން މަސްދަޅު ކޭސް ދޫކުރުމަށް އެސްޓީއޯއިން ނިންމާފައި ވަނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ. މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ލިބޭނީ ހަމައެކަނި ދިވެހިންނަށް ކަމަށާއި ގޭގެ ކަރަންޓު މީޓަރުގެ ނަމްބަރު ޗެކް ކުރުމަށް ފަހު، މަސްދަޅު ކޭހާ ހަވާލުވާން ދާ މީހާގެ އައިޑީކާޑާއި ގުޅޭނެ ނަމްބަރު ވެސް ރެކޯޑު ކުރާނެ ކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ. މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައި ވަނީ މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާބެހޭ ބައި، މިފްކޯ އޮފީސް ކޮމްޕައުންޑް، ވިލިމާލޭ ކައުންސިލް އޮފީސް، ހުޅުމާލެ 1 ގެ އުމަރު ޒާހިރު ބިލްޑިންގް، އަދި ހުޅުމާލެ 2 ހިޔާގެ 10 ވަނަ ޓަވަރުގައި ހުންނަ ޔޫތު ސެންޓަރުގައި ކަމަށް ވެސް އެސްޓީއޯއިން ބުނެފައި ވެއެވެ.
11 ފެބުރުވަރީ 2025
0
އަންނަ ރޯދަމަހުގައި އުމުރާއަށް ދާމީހުންގެ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓު ބޮޑުކޮށް ދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ. ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ކޮންމެ އުމްރާވެރިއެއްގެ ބީއެމްއެލްގެ ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރު ލިމިޓުގެ އިތުރުން 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް އެ ބޭންކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އެދިވަޑައިގެންފައިވާ ކަމަށެވެ. މިހާރު ބީއެމްއެލްގެ ޑެބިޓް ކާޑުތަކަށް ކަނޑައަޅާފައިވާ މިނިޓަކު 250 ޑޮލަރެވެ. ނަމަވެސް ރައީސްގެ މި އެދިވަޑައިގަތުމަށް ފަހު ޖުމުލަ 1،750 ޑޮލަރު ކާޑު ލިމިޓަށް ކޮންމެ އުމުރާ ވެރިއަކަށް ލިބިގެންދާނެ އެވެ.
10 ފެބުރުވަރީ 2025
0
18 ފެބުރުވަރީ 2025
0
17 ފެބުރުވަރީ 2025
0
16 ފެބުރުވަރީ 2025
0
14 ފެބުރުވަރީ 2025
0
13 ފެބުރުވަރީ 2025
0
12 ފެބުރުވަރީ 2025
0
11 ފެބުރުވަރީ 2025
0
10 ފެބުރުވަރީ 2025
0
16 އެޕްރީލު 2024
14 އެޕްރީލު 2024
14 އެޕްރީލު 2024
13 އެޕްރީލު 2024
27 ސެޕްޓެންބަރު 2024
0
10 މޭ 2024
0
7 މޭ 2024
0
14 އެޕްރީލު 2024
0
8 އެޕްރީލު 2024
0
7 އެޕްރީލު 2024
0
4 އެޕްރީލު 2024
0
ފަހުގެ ލިޔުންތައް
18 ފެބުރުވަރީ 2025
0
17 ފެބުރުވަރީ 2025
0
16 ފެބުރުވަރީ 2025
0
14 ފެބުރުވަރީ 2025
0
13 ފެބުރުވަރީ 2025
0
12 ފެބުރުވަރީ 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
7 މޭ 2024
0